Ads by Farudhun

ޚަބަރު

ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުން ބާއްވައިފި

ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުން ބާއްވައިފި

ޤުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުން. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޮކްޓޯބަރު 2026، 12:49

11 އޮކްޓޯބަރު 2026، 12:49

ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުން ހިންގި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރުން ދަސްވެނިވެ، އެ ދަރިވަރުންނަށް ސަނަދު ދީފިއެވެ. މި ދަސްވެނިވުން ފާހަގަކުރުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ފަހަރު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި 64 ދަރިވަރުންނާއި، ޑިޕްލޮމާ ކޯސް ފުރިހަމަކުރި 49 ދަރިވަރުންނެވެ.

ޖަލްސާގައި ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްޙަކީމެވެ. އަދި ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނާއި، ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޤުރްއާން އުނގެނުމާއި ޤުރްއާނަށް ޚިދުމަތް ކުރުމަކީ ވަރަށް މަތިވެރި ޝަރަފެއް ކަމަށެވެ. އަދި ޤުރްއާން އުނގަންނައިދިނުމުގެ މަގު ޚިޔާރުކުރި ކޮންމެ މީހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ޝަރަފާއި މާތްކަން ދެއްވާނެކަން ފާހަގަކުރައްވައި، ދަސްވެނިވި ދަރިވަރުން ހޯދި ޢިލްމީ ކާމިޔާބީއަށް ވަޒީރު ތަހުނިޔާ ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ދަސްވެނިވުމަކީ ކީރިތި ޤުރްއާނުގެ ތަޢުލީމު ހަރުދަނާކޮށް، ކުރިއަށް އޮތް ޖީލުތަކަށް ޞައްޙަ މަގުގައި ޤުރްއާނުގެ ޢިލްމު ފޯރުކޮށްދޭނެ ޤާބިލު މުދައްރިސުން ބިނާކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން، މިއީ ރާއްޖޭގައި އިސްލާމީ މަތީ ތަޢުލީމު ފުޅާކުރުމަށާއި، މުޅި ރާއްޖޭގައި ޤުރްއާން އުނގަންނައިދިނުމުގެ ޤައުމީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450