Ads by Farudhun

ޚަބަރު

ހޫޘީން ސައޫދީގެ އެއާޕޯޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ހޫޘީން ސައޫދީގެ އެއާޕޯޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ޚާރިޖީ ވުޒާރާ---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޮކްޓޯބަރު 2026، 01:26

11 އޮކްޓޯބަރު 2026، 01:26

ސައޫދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް، ޙޫޘީ ހަނގުރާމަވެރިން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ، 10 އޮކްޓޫބަރު 2026 ގައި ދިން މި ހަމަލާގެ ސަބަބުން ބައެއް މީހުންގެ ފުރާނަ ގެއްލި، އެތައް ސަތޭކަ ޢާންމުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.

އާންމު ރައްޔިތުންނަށާއި،  މަދަނީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ދިވެހި ސަރުކާރުން ފާހަގަކުރިއެވެ. އަދި މިއީ ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މުޅި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށާއި ސަޢޫދީ ސަރުކާރަށް އަދި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ފޮނުވާފައިވެއެވެ. މީގެއިތުރުން އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ.

ދިވެހިރާއްޖެ އަބަދުވެސް އޮތީ ސަޢޫދީ ޢަރަބިއްޔާއާއެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައިކަން ހާމަކުރަމުން، އެ ޤައުމުގެ ސަލާމަތާއި އިސްތިޤްލާލު އަދި ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ވަނީ އަލުން އަރުވާފައެވެ

ދިވެހި ސަރުކާރުން އަންނަނީ، މި ފަދަ ހާލަތްތަކުގައި އަބަދުވެސް ސައުދީ ސަރުކާރާއިއެކުގައި ވާކަން ހާމަކުރައްވަމުންނެވެ. މިއީ ދެ ގައުމުގެ ދޭތެރޭގައި އޮންނަ ގާތް ގުޅުން ދައްކުވައިދޭ ކަމެކެވެ..

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް އީރާނުގެ މަދަދު ލިބޭ ޙޫޘީން ދިން ނުރައްކާތެރި ޙަމަލާގައި 12 މީހަކު މަރުވެފައިވާއިރު، 309  މީހުން ވަނީ އެ ހަމަލާގެ ސަބަބުން ޒަޚަމުވެފައެވެ.  މަރުވި މީހުންގެ ތެރޭގައި ސައޫދީގެ ހަތަރު މީހުންނާއި، ބަންގްލަދޭޝްގެ ދެ މީހުން ހިމެނެއެވެ. މީގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސީރިއާ، ފަލަސްތީން، އަދި ސޫދާން، މިއިން ކޮންމެ ޤައުމަކުން މީހަކު ވަނީ މަރުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450