Ads by Farudhun

ޚަބަރު

އެކްސިޑެންޓް ތަހުގީގުތައް ޒަމާނީކުރަން ޚާއްސަ ސޮފްޓްވެއަރއެއް ފުލުހުން ބޭނުންކުރަން ފަށައިފި

އެކްސިޑެންޓް ތަހުގީގުތައް ޒަމާނީކުރަން ޚާއްސަ ސޮފްޓްވެއަރއެއް ފުލުހުން ބޭނުންކުރަން ފަށައިފި

އެކްސިޑެންޓް ތަހުގީގުތައް ޒަމާނީކުރަން ޚާއްސަ ސޮފްޓްވެއަރއެއް ފުލުހުން ބޭނުންކުރަންފެށުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޮކްޓޯބަރު 2026، 02:08

11 އޮކްޓޯބަރު 2026، 02:08

މަގުމަތީގެ އެކްސިޑެންޓުތަކުގެ ތަޙުޤީޤުތައް މިހާރަށްވުރެ ހަރުދަނާކޮށް ޒަމާނީ ކުރުމުގެ ގޮތުން "ސްމާޓް ޑްރޯ"ގެ ނަމުގައި ޚާއްސަ ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރއެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރަން ފަށައިފިއެވެ.

 މި ސޮފްޓްވެއަރ ތައާރަފުކޮށް އަމަލީ ގޮތުން ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، "ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓު ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗުތައް ފަސޭހަކަމާއެކު ކުރެހުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ބޭނުންކުރަން ފަސޭހަ ސޮފްޓްވެއަރއެއް ކަމަށެވެ. މިއީ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކުރުމަށާއި، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ފާހަގަކުރެއެވެ.

މި ސޮފްޓްވެއަރގައި އިންޓަރސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓުތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވެއެވެ. މީގެއިތުރުން އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލާއި، ޓްރެފިކް ނިޝާންތަކާއި، މަގުބައްތިތަކުގެ އިތުރުން ތަޙުޤީޤަށް ބޭނުންވާ މުހިންމު ބައިތަކުގެ ރެޑީމޭޑް ސިމްބަލްތައްވެސް މި ސޮފްޓްވެއަރއިން ލިބެން ހުންނާނެއެވެ.

ހަމައެއާއެކު، އެކްސިޑެންޓު ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމުގެ ގޮތުން ގޫގުލް މެޕްސްއާއި ސެޓެލައިޓް އިމޭޖުތައް ސޮފްޓްވެއަރއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތުވެސް ފަހިވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ޕޮލިސިންގގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތައާރަފުކުރުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގުމުގެ އިތުރުން، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއްވެސް ދަނީ އަޅަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450