Ads by Farudhun

ޚަބަރު

ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަޝްރޫއުގެ 63 އިންސައްތަ ނިމިއްޖެ

ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަޝްރޫއުގެ 63 އިންސައްތަ ނިމިއްޖެ

ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަޝްރޫއު. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޮކްޓޯބަރު 2026، 02:33

11 އޮކްޓޯބަރު 2026، 02:33

ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން 'އެކްސް'ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ޑިޒައިން އަދި ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތުގެ 77 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫޢުގެ ޖުމްލަ 63 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 142.6 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ. މިއީ 270 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފަރެސްމާތޮޑާގެ 18 ހެކްޓަރުގެ ބިން ހިއްކުމާއި، އަލަށް ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށްޓަކައި 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.



މި މަޝްރޫޢު ނިމުމުން އެ ރަށުގެ 1،800 އެއްހާ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.

މީގެ އިތުރުންވެސް، ފަރެސްމާތޮޑާގެ ތަރައްޤީއަށްޓަކައި އެ ރަށުގެ ބަނދަރާއި ބޯޓު ޔާޑު ތަރައްޤީކުރުމުގެ ވަކި މަޝްރޫޢެއް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 209.43 މިލިއަން ރުފިޔާގެ އެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، އެއްގަމު ތޮށި އަދި ބޭރުތޮށި ލުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450