Ads by Farudhun

ޚަބަރު

ސަޢުދީއަށް ދެމުންދާ ހަމަލާތަކުން ދިވެހި ޢުމްރާވެރިންނަށް ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް

ސަޢުދީއަށް ދެމުންދާ ހަމަލާތަކުން ދިވެހި ޢުމްރާވެރިންނަށް ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޮކްޓޯބަރު 2026، 05:25

12 އޮކްޓޯބަރު 2026، 05:25

ރިޔާޒުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށާއި ސަޢޫދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާ ގުޅިގެން، ދިވެހި ޢުމްރާވެރިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އަދި ނުފެންނަ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިފަދަ ޙާލަތެއްގައި ޢުމްރާއަށް މީހުން ގެންދިއުމުގައި ސަޢޫދީ ސަރުކާރުން ނެރޭ ބަޔާންތަކަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، ޢުމްރާއަށް ދިއުމުގައި އެއްވެސް ނުރައްކަލެއް އޮތް ކަމަށް ސަޢޫދީ ސަރުކާރުން ރަސްމީކޮށް އަންގާފައި ނުވާ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިސްލާމީ އުންމަތަށް ލިބޭ ގެއްލުމެއް ކަމަށާއި، ޚާއްޞަކޮށް ދިވެހިރާއްޖެއިން އެކަމާ މެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

"އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރަނީ، ސައޫދީ އަރަބިއްޔާއަށާއި، މާތްވެގެންވާ ދެ ހަރަމަށް ދުއާކުރުން މަތީ ދެމިތިބުމަށް. އެއީ އަޅުގަނޑުމެންދެކެ ލޯބިވާ، އަދި އަޅުގަނޑުމެން ޒިޔާރަތްކުރަންޖެހޭ މާތް ބިމެއް. އިންޝާﷲ، އުމްރާވެރިންނަށް އެއްވެސް ނުރައްކަލެއް އޮތްކަމުގެ ކަންބޮޑުވުމެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އަންގާފައެއް ނެތް. އަދި ކުރިއަށް އޮތްތާވެސް މިފަދަ ކަންބޮޑުވުމެއް ނޯންނާނެ ކަމަށް އުންމީދުކުރަން،" ވަޒީރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިވަގުތު އެ ކޯޕަރޭޝަނުގެ އެއްވެސް ޢުމްރާވެރިއަކު ސަޢޫދީ ޢަރަބިއްޔާގައި ނެތް ކަމަށެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ، ޙައްޖު ކޯޕަރޭޝަނުން ޢުމްރާއަށް މީހުން ގެންދިއުމަށް ބޭނުންކުރާ މަގުތައް ތަފާތުވާނެ ކަމަށާއި، ޢުމްރާގެ އެންމެހައި ކަންކަމުގައި ކޯޕަރޭޝަނުން ޢަމަލުކުރަމުން އަންނަނީ ސަރުކާރުން ދެއްވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ. އަދި މިވަގުތާ ހަމައަށް އެފަދަ އެއްވެސް ޚާއްޞަ އިރުޝާދެއް ލިބިފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450