ކުޅިވަރު

ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތެއްގައި ރާއްޖެއިން ވާދަކުރަން ނިންމައިފި

ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތެއްގައި ރާއްޖެއިން ވާދަކުރަން ނިންމައިފި

ސާފް ފުޓްސަލް ޗެމްޕިއަންޞިޕްގެ މެޗެއްގައި ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ސިޑިބަރި

farudhun logo

ފަރުދުން

12 އޮކްޓޯބަރު 2026، 08:15

12 އޮކްޓޯބަރު 2026، 08:15

ސަރަހައްދީ ފުޓްސަލްގެ ޗެމްޕިއަން ދިވެހިރާއްޖެއިން ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތެއްގައި ވާދަކުރަން ނިންމައިފިއެވެ. 

މި މުބާރާތުގައި ރާއްޖެއާ އެކު، މުޅިޖުމްލަ ހަތަރު ޤައުމު ވާދަކުރާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ހާމަކޮށްފައެވެ. ލީގު އުސޫލުން ކުޅެން ނިންމާފައިވާ މި މުބާރާތުގައި ދެން ވާދަކުރާނީ މުބާރާތް ބާއްވާ ޗައިނާގެ އިތުރުން ސައުތު ކޮރެއާ އަދި ހޮންގް ކޮންގެވެ.

 ފީފާ ފުޓްސަލް ރޭންކިންގަށް ބަލާއިރު މި މުބާރާތުގައި ވާދަކުރާ އެންމެ ރޭންކިން މަތި ޓީމަކީ ސައުތު ކޮރެއާއެވެ. އެ ޓީމު އޮތީ ފީފާގެ ރޭންކިންގައި 66 ވަނައިގައެވެ. 

މި މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗު އޮތީ އެ ޓީމާއެވެ. އެ މެޗު ކުޅޭނީ ނޮވެންބަރު 5ވަނަ ދުވަހުއެވެ. ދެވަނަ މެޗުގައި އަންނަ މަހު 7ވަނަ ދުވަހު ނިކުންނާނީ ހޮންގް ކޮންގްއާ ދެކޮޅަށެވެ. 

މުބާރާތުގެ ފަހު މެޗުގައި ރާއްޖެއިން ބައްދަލުކުރާނީ ޗައިނާއާއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމް ހޮވާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށްފަހުއެވެ. އެގޮތުން އެންމެ މަތިން ޕޮއިންޓު ލިބޭ ޓީމަކަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450