ކުޅިވަރު

ޗައިނާގައި ކުޅޭ މުބާރާތުގައި ވެސް ރާއްޖޭގެ ކޯޗަކީ ފާރޫކް

ޗައިނާގައި ކުޅޭ މުބާރާތުގައި ވެސް ރާއްޖޭގެ ކޯޗަކީ ފާރޫކް

އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވް / ފޮތޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޮކްޓޯބަރު 2026، 03:21

13 އޮކްޓޯބަރު 2026، 03:21

ދިވެހިރާއްޖެއިން ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތުގައި ރާއްޖެއިން ވާދަކުރަން ނިންމާފައިވާއިރު، އެ މުބާރާތުގައި ވެސް ރާއްޖޭގެ ޓީމާ ހަވާލުވާނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ހޯދައިދިނުމުގެ މުގުލުގައި ހުރި އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވްއެވެ.

މި މުބާރާތުގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމްގެ ފަރިތަކުރުންތައް މިހާރު ފަށާފައިވާއިރު، ޓީމުގެ ފަރިތަކުރުންތަކުގައި އަދި އޭނާ ބައިވެރިވެފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރޫކް ޓީމާ ގުޅޭނީ ޗައިނާއިންނެވެ.

ޗައިނާއާ ހިސާބުން ފާރޫކް ޓީމާ ގުޅުނު ނަމަވެސް، އޭނާއަށް ފުރިހަމަ އިތުބާރު އެބއޮތެވެ. ސަބަބަކީ ސައްތައިން ސައްތަ ރެކޯޑަކާއެކު ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރުމެވެ. އަދި އެ ޓީމުގެ ގިނަ ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ހިމެނުމަކީ، މި ޓީމަށް ފާރޫކް އައު ނުވާނެކަމުގެ ހެއްކެކެވެ.

މީގެއިތުރުން ފުޓްސަލް ބަލާ ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ފާރޫކް ވަނީ ރާއްޖޭގެ ފުޓްސަލް ޓީމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓީމު ބަދަހިކޮށް، ޓީމެއްގެ ގޮތުގައި ކުޅުވައި، ޓެކްނިކަލީ މޮޅު ޓީމެއް އޭނާ ބިނާކުރިއެވެ.

ޗައިނާގައި އޮންނަ ފުޓްސަލް މުބާރާތުގައި ރާއްޖެއިން ބައިވެރިވާއިރު މި މުބާރާތުގައި ބައިވެރިވަނީ ޖުމްލަ ހަތަރު ގައުމެވެ. އެއީ ރާއްޖެއާއި ޗައިނާގެ އިތުރުން ހޮންގް ކޮންގާއި ސައުތު ކޮރެއާއެވެ. މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 4 އިން 9 އަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450