ކުޅިވަރު

މިސައިލް ހަމަލާއެއްގެ ނުރައްކާ އޮވެގެން ޑިލޭކުރި މެޗުގައި ރޮނާލްޑޯ ލަނޑު ޖަހައިފި

މިސައިލް ހަމަލާއެއްގެ ނުރައްކާ އޮވެގެން ޑިލޭކުރި މެޗުގައި ރޮނާލްޑޯ ލަނޑު ޖަހައިފި

އަލް ނަސްރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ / ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޮކްޓޯބަރު 2026، 08:30

13 އޮކްޓޯބަރު 2026، 08:30

މިސައިލް ހަމަލާއެއްގެ އިންޒާރާ ގުޅިގެން އެއް ގަޑިއިރަށް ފަސްކުރި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު އަލް ނަސްރުން މޮޅެއް ހޯދައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ސައުދީގެ ވެރިރަށް ރިޔާޟުގައި ކުޅުނު މި މެޗުން ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް ނަސްރު މޮޅުވީ އުޒްބެކިސްތާނުގެ ނެޗި ފަރްގާނާއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށަން ތާވަލުކުރި ވަގުތުގެ 15 މިނެޓު ކުރިން މެޗު ފެށުން ފަސްކުރަން ޖެހުނީ ސައުދީގެ ސިވިލް ޑިފެންސުން ސަލާމަތީ އިންޒާރެއް ނެރުމާ ގުޅިގެންނެވެ. މިއީ ޔަމަނުގެ ހޫޘީންގެ ފަރާތުން ރިޔާޟަށް އަމާޒުކޮށް ފޮނުވާލާ މިސައިލް ހަމަލާތަކާ ގުޅިގެން ދިން އިންޒާރެކެވެ. 

މީގެ ކުރިން ރިޔާޟުގެ އެއާޕޯޓަށް އަމާޒުކޮށް ދިން ހަމަލާތަކަށްފަހު، ހޯމަ ދުވަހުގެ ރޭ ވެސް އެ ސިޓީއަށް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ. ސައުދީ ކޯލިޝަނުން ހާމަކުރި ގޮތުގައި އެ ފަރާތްތަކުން ވަނީ ބެލިސްޓިކް މިސައިލެއް ވައިގެ ތެރޭގައި ހުއްޓުވައި، ގޮއްވާލާފައެވެ. ސަރަޙައްދީ މި ނުތަނަވަސްކަމުގެ ސަބަބުން ކުރިއަށް އޮތް ބައިނަލްއަޤްވާމީ ކުޅިވަރު ހަރަކާތްތަކަށް، ހާއްސަކޮށް ޤަތަރާއި އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯމިއުލާ ވަން ރޭސްތަކަށް އަސަރުކޮށްފާނެ ކަމަށް ބެލެވެއެވެ.

އެއް ގަޑިއިރުގެ ލަސްވުމަކަށްފަހު މެޗު ފެށުނުއިރު، އެންޖް ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކުޅޭ އަލް ނަސްރުން ވަނީ މެޗުގެ 33 ވަނަ މިނެޓުގައި އެންޖެލޯ ޖެހި ލަނޑުން ލީޑު ނަގާފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި އުޒްބެކިސްތާނުގެ ޗެމްޕިއަން ނެޗިން ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން ނަތީޖާ އަނބުރާލުމަށް ބޮޑު ގޮންޖެހުމަކަށް ވިއެވެ. އޭގެ 13 މިނެޓު ފަހުން ނެޗީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އަލް ނަސްރުން ވަނީ ގްރޫޕް ބީ ގައި އެ ޓީމުގެ ފުރަތަމަ މޮޅު ކަށަވަރުކޮށްފައެވެ.

ޕޯޗުގަލްގެ ގައުމީ ޓީމުގައި ކުޅުމުގެ ފުރުސަތު މަދުވުމުގެ ސަބަބުން ހިތްހަމަނުޖެހި، ނޭޝަންސް ލީގު ބްރޭކުގެ މެދުތެރެއިން ގައުމީ ކޭމްޕު ދޫކޮށްލުމަށްފަހު އެނބުރި ކްލަބަށް އައި ރޮނާލްޑޯ ވަނީ ވޭތުވެދިޔަ ހުކުރު ދުވަހު ކުޅުނު މެޗުގައި ވެސް ލަނޑު ޖަހައިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450