Ads by Farudhun

ޚަބަރު

ގުރައިދޫގައި އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ވަޅިން ހަމަލާދީ މާރާމާރީއެއް ހިންގައިފި

ގުރައިދޫގައި އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ވަޅިން ހަމަލާދީ މާރާމާރީއެއް ހިންގައިފި

ކުއްލި

farudhun logo

ފަރުދުން

14 އޮކްޓޯބަރު 2026، 10:44

14 އޮކްޓޯބަރު 2026، 10:44

ކ. ގުރައިދޫގައި ހިނގި އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން އެކަކު އަނެކަކަށް ވަޅިން ހަމަލާދީ މާރާމާރީއެއް ހިންގައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ގުރައިދޫގައި އާއިލީ މައްސަލައެއްގެ ތެރެއިން މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި ހަމަނުޖެހުމުގެ ތެރޭގައި އެކަކު އަނެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މި މާރާމާރީގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމެއް އަދި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލައި، ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450