ދުނިޔެ

އިންޑިއާގެ 'ކޮކްރޯޗް' ހަރަކާތުގެ ބާނީ އަބީޖީތު ދީޕްކޭ ހައްޔަރުކޮށްފި

އިންޑިއާގެ 'ކޮކްރޯޗް' ހަރަކާތުގެ ބާނީ އަބީޖީތު ދީޕްކޭ ހައްޔަރުކޮށްފި

އަބީޖީތް ދީޕްކޭ މުޒާހަރާއެއްގައި ވާހަކަދައްކަނީ. ފޮޓޯ:ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޮކްޓޯބަރު 2026، 02:40

18 އޮކްޓޯބަރު 2026، 02:40

އިންޑިއާގެ އިންތިޚާބީ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ވެރިރަށް ނިއުދިއްލީގައި ބޭއްވި މުޒާހަރާގެ ކުރިން ހިފެހެއްޓި، "ކޮކްރޯޗް" ހަރަކާތުގެ ބާނީ އަބީޖީތު ދީޕްކޭ ފުލުހުން ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ އަމަންއަމާންކަން ގެއްލިދާނެ ކަމަށް ބަލައި އެކަން ހުއްޓުވުމުގެ ގޮތުން ކަމަށާއި، ހޮނިހިރު ދުވަހުގެ ވަގުތެއްގައި އޭނާ ސްޕެޝަލް އެގްޒެކެޓިވް މެޖިސްޓްރޭޓެއްގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ދީޕްކޭ ހުކުރު ދުވަހު ހިފެހެއްޓީ ނިއުދިއްލީގެ ގެއަކުން ނުކުތް ވަގުތު ފުލުހުންނާ ދެމެދު ހިނގި ކުޑަ ޒުވާބަކަށް ފަހު، ފުލުހުންގެ ކާރަކަށް އަރުވައިގެންނެވެ. އޭނާ ހުކުރު ދުވަހުގެ މުޒާހަރާއަށް ގޮވާލީ މުޒާހަރާކުރުން މަނާ ސަރަހައްދެއްގައި އެއްވުމުގެ ސަބަބުން 5 ދުވަހަށް ޖަލަށްލީ ކޮކްރޯޗް ޖަނަތާ ޕާޓީ (ސީޖޭޕީ) ގެ ދެ ލީޑަރަކަށް ތާއީދުކުރުމުގެ ގޮތުންނެވެ. އެ މުޒާހަރާ ކުރިއަށް ނުގެންދިއުމަށް ފުލުހުން ކުރިން އޭނާއަށް އިންޒާރުވެސް ދީފައިވެއެވެ.

ޒުވާނުން އިސްނަގައިގެން އުފައްދާފައިވާ ސީޖޭޕީއާއި އިދިކޮޅު ޕާޓީތަކުންނާއި ދަރިވަރުންގެ ޖަމިއްޔާތަކުން ދަނީ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރު އިސްތިއުފާ ދެއްވުމަށް އެދި މި މަހު ކޮންމެ ދުވަހަކުހެން މުޒާހަރާކުރަމުންނެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ވޯޓުލާ މީހުންގެ ލިސްޓު އަލުން އެކުލަވާލިއިރު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ފައިދާވާ ގޮތަށް ވަނީ ބަދަލުތައް ގެނެސްފައެވެ. މި ބަދަލުތަކުގެ ތެރޭގައި 130 މިލިއަނަށް ވުރެ ގިނަ ވޯޓާރުންގެ ނަން ވަނީ ލިސްޓުން އުނިކޮށްފައެވެ.

އިލެކްޝަން ކޮމިޝަނުން ވަކި ޕާޓީއަކަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އޮޅުމަކުން ނަން އުނިވެފައިވާ ފަރާތްތަކަށް އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ބުނެފައެވެ. އަދި ބީޖޭޕީން ވަނީ ގާނޫނީ ހަމަތަކުގެ މަތިން ހިނގާ އިންތިޚާބީ ކަންކަމާމެދު ސުވާލު އުފައްދައި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ޑިމޮކްރަސީ ބަލިކަށިކުރަން ކަމަށް ތުހުމަތުކޮށްފައެވެ.

މި މުޒާހަރާތަކުގައި އިސްކޮށް އުޅޭ ދަރިވަރު އެކްޓިވިސްޓް ނޭހާ ބޯރާވެސް ހުކުރު ދުވަހު ހިފެހެއްޓުމަށްފަހު، ހޮނިހިރު ދުވަހު ވަނީ ދޫކޮށްލާފައެވެ. ދޫކޮށްލުމަށްފަހު އޭއެންއައި ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އާންމު ރައްޔިތުންނަށް ހަމަޖެހިގެން އުޅެވޭނީ އަދި ވޯޓުލުމުގެ ހައްގު ކަށަވަރުވާނީ ގްޔާނޭޝް ކުމާރު މަގާމުން ވަކިކޮށް، ޚާއްސަ މުރާޖައާ ކުރުންތައް ހުއްޓާލުމުން ކަމަށެވެ.

ބޮޑުވަޒީރު މޯދީ ވެރިކަމުގައި ހޭދަކުރެއްވި 12 އަހަރުގެ ތެރޭގައި އެމަނިކުފާނަށާއި ބީޖޭޕީއަށް ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ގޮންޖެހުމަކަށް މި "ކޮކްރޯޗް" ހަރަކާތް މިހާރު ވަނީ ވެފައެވެ. މި އަހަރުގެ ކުރީކޮޅު އިމްތިހާނު ކަރުދާސްތަކެއް ލީކުވި މައްސަލައިގައި މި ހަރަކާތުން ކުރިއަށްގެންދިޔަ އިހުތިޖާޖުތަކާ ގުޅިގެން، އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާން ވެސް ވަނީ އިސްތިއުފާ ދެއްވަން މަޖުބޫރުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450