Ads by Exprox

ޚަބަރު

ކޮޓަރިއަކަށް ފިރިހެނަކު ގެންގޮސް އޭނާގެ އަތުން ފޭރުނު އަންހެނެއް ހައްޔަރުކޮށްފި!

ކޮޓަރިއަކަށް ފިރިހެނަކު ގެންގޮސް އޭނާގެ އަތުން ފޭރުނު އަންހެނެއް ހައްޔަރުކޮށްފި!

ފިރިހެނަކު އަތުން ފޭރުނު މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2024، 03:45

07 ސެޕްޓެމްބަރު 2024، 03:45

މާލޭގައި ކޮޓަރިއަކަށް ފިރިހެނަކު ގެންގޮސް އޭނާގެ އަތުން ފޭރުނު 27 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ. 

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނަކު ހުއްޓުވާ، އޭނާ ކޮޓަރިއަކަށް ގެންދިޔަ އައްޑޫ ސިޓީ، ސ. މަރަދޫ، ކުންނާރުގެ، އުމުރުން 27 އަހަރުގެ އާއިޝަތު މަލްޖާ މޫސާ ދީދީއެވެ.

ފުލުހުން ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ 26 އޮގަސްޓު 2024 ވަނަ ދުވަހުގެ ރޭ 21:30 ހާއިރުއެވެ.

އެގޮތުން އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނަކު ހުއްޓުވާ، އޭނާއަށް ކޮޓަރިއަކަށް ދިއުމަށް ދަޢުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސްއަކަށް ގެންގޮސް އިތުރު ފިރިހެނަކާ ބައިވެރިވެގެން ދިވެހި ފިރިހެނަކު ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝް ކާޑު އަތުލާ އޭނާގެ އެކައުންޓުން 53,000 ހާސް ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު 27 އަހަރުގެ ދިވެހި އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ގާޒީ އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco