ދުނިޔެ

އުފަންވި ވަގުތު ތަފާތު ގޮތަކަށް އޮތް ތުއްތު ކުއްޖެއްގެ ވީޑިއޯއަށް އިންޓަނެޓުގައި ބޮޑު ތަރުހީބެއް

އުފަންވި ވަގުތު ތަފާތު ގޮތަކަށް އޮތް ތުއްތު ކުއްޖެއްގެ ވީޑިއޯއަށް އިންޓަނެޓުގައި ބޮޑު ތަރުހީބެއް

ތަފާތު ގޮތަކަށް އުފަންވި ކުއްޖެއް - ފޮޓޯ: އެކްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 އޮކްޓޯބަރު 2026، 10:48

22 އޮކްޓޯބަރު 2026، 10:48

ދުނިޔެއަށް އުފަންވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި، އެއްވެސް ފިކުރެއް ޚިޔާލެއް ނެތި ވަރަށް އަރާމުގައި އޮތް ތުއްތު ކުއްޖެއްގެ ހިތްގައިމު ވީޑިއޯއަކަށް މީސްމީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، ވައިރަލް ވެއްޖެއެވެ.

މިސްރުގެ ވެރިރަށް ކައިރޯގެ ޑޮކްޓަރަކު އާންމުކުރި މި ވީޑިއޯއިން ފެންނަނީ، ވިހެއުމަށްފަހު ތުއްތު ކުދިންގެ ހަށިގަނޑުގައި ހުންނަ ގުދުރަތީ ހުދު ފަށަލަ ނުވަތަ "ވާނިކްސް ކަސިއޯސާ" އާއެކު އޮތް ތުއްތު ކުއްޖެކެވެ. އާންމުކޮށް އަލަށް އުފަންވާ ކުދިންގެ ކިބައިން ފެންނަ ހަރަކާތްތަކާ ޚިލާފަށް، މި ކުއްޖާ އޮތީ އެއް ފައި މައްޗަށް އަނެއް ފައި އަރުވައި، ދެ އަތް ބޯދަށަށް ލައިގެން ވަރަށް ބޮޑަށް ހަމަޖެހިލައިގެންނެވެ. މި ތަފާތު އަދި މަޖާ ގޮތަށް އޮތުމުގެ ސަބަބުން، އެ ކުއްޖާ ވިއްސި ޑޮކްޓަރު ވަނީ އެ ކުއްޖާއަށް "ބޭބީ ކިންގް" ގެ ނަމުން މުޚާތަބުކޮށްފައެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު، ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ކުއްޖާގެ "ކޫލް" އަދި ހަމަޖެހޭ މިޒާޖަށް ތައުރީފުކޮށް ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ އެ ކުއްޖާ ދުނިޔެއަށް އައީ އެއްވެސް ދިރިއުޅުމުގެ ފިކުރެއް ނެތި ފުރިހަމަ އަރާމުގައި ކަމަށެވެ. އަދި މަޖާޒީ ގޮތެއްގައި އެހެން މީހަކު ބުނެފައިވަނީ، "އަހަރެން އުފަންވެއްޖައީމެވެ. އަދި ވަރުބަލިވެސް ވެއްޖެއެވެ. މިވަގުތު ބޭނުމީ ހަމައެކަނި އަރާމުކޮށްލާށެވެ."

އަލަށް އުފަންވާ ކުދިންގެ މިފަދަ ތަފާތު ހަރަކާތްތައް މީގެ ކުރިންވެސް މީސްމީޑިއާގައި ވަނީ މަގުބޫލުކަން ހޯދާފައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅުވެސް، އުފަންވި ވަގުތު ޑޮކްޓަރުގެ ސްޓެތެސްކޯޕުގައި ހިފަހައްޓައިގެން އޮތް ކުއްޖެއްގެ ވީޑިއޯއެއް އާންމުވެގެން ދިޔައެވެ. އެ ވީޑިއޯ ބެލި މީހުން އޭރު ބުނެފައިވަނީ ދުނިޔެއަށް އައި އިރުވެސް އެކުއްޖާ ކުރިމަގުގައި ވާން ބޭނުންވަނީ ޑޮކްޓަރަކަށްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

އެހެންނަމަވެސް، މިފަހަރު ފެނިގެން މިދިޔަ "ބޭބީ ކިންގް" ގެ ވީޑިއޯ ވެގެން ގޮސްފައިވަނީ، އޭގެ ތަފާތު އަރާމު ގޮތްގަނޑުގެ ސަބަބުން މިހާތަނަށް އާންމުންގެ އެންމެ ބޮޑު ސަމާލުކަމަކާއި މަގުބޫލުކަމެއް ހޯދި އެއް ވީޑިއޯއަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450