Ads by Farudhun

ޚަބަރު

މަހިބަދޫގެ ނަރުދަމާ ނިޒާމު ތަރައްޤީ ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

މަހިބަދޫގެ ނަރުދަމާ ނިޒާމު ތަރައްޤީ ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

ސްޓެލްކޯ އާއި ތިމާވެއްޓާ ބެހޭ ވުޒާރާއާ ދެމެދު ވެވުނު އެއްބަސްވުން. ފޮޓޯ:

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޮކްޓޯބަރު 2026، 09:25

23 އޮކްޓޯބަރު 2026، 09:25

އދ. މަހިބަދޫގެ ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ ޢަލީ ނަޒީރެވެ.

ޖުމްލަ 21,572,640.09 (އެކާވީސް މިލިއަން ފަސްލައްކަ ހަތްދިހަ ދެހާސް ހަސަތޭކަ ސާޅީސް ރުފިޔާ ނުވަ ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް ސްޓެލްކޯއަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މަހިބަދޫގެ ނަރުދަމާ ނިޒާމަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި އެކި މައްސަލަތައް ހައްލުކޮށް، އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކުރުމެވެ. މި މަސައްކަތް ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ނަރުދަމާގެ ޚިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވެ، ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ނިޒާމެއް ރަށުގައި ގާއިމުވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450