ޚަބަރު
އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހަން ގޮވާލި މީހަކު ހައްޔަރުކޮށްފި
މައްސަލާގައި ހައްޔަރުކުރި ޖުމާން. ފޮޓޯ: ޕޮލިސް
ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައި ވަނީ ހއ. ބާރަށް، ކުއްޅަވައްގެ، ޢަލީ ޖުމާން (25އ) ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ހިތްވަރުދީ ގޮވާލާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.