Ads by Farudhun

ޚަބަރު

ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް: ރައީސް

ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް: ރައީސް

ރައީސް މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް އާއެކު. ފޮޓޯ: ރައިސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޮކްޓޯބަރު 2026، 10:27

23 އޮކްޓޯބަރު 2026، 10:27

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ޒަމާންވީ ގުޅުމުގައި ތާރީޚީ އަދި އައު ބާބެއް ފެށިގެންދިޔަ މުހިންމު ދަތުރުފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެއްވި މެސެޖުގައި ރައީސް ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ގައުމުގެ ސަރުކާރާއި ރައްޔިތުން އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ވަފުދަށް ދެންނެވި ހޫނު މަރުހަބާއާއި އަދާކުރެއްވި މެހުމާންދާރީއަށް އިޚްލާސްތެރި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސް، ޒަމާންވީ އެކުވެރިކަން އިގުތިސާދީ ފުރުސަތުތަކަކަށާއި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި ހަގީގީ ނަތީޖާއަކަށް ބަދަލުކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. މިގޮތުން، މިހާރު ދެ ގައުމުގެ ދެމެދުގައި އޮތް 13 މިލިއަން ޔޫއެސް ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޔޫއެސް ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



މި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" އަކީ މި އަމާޒުތައް ހަގީގަތަކަށް ހެދުމަށާއި، އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު 20 ފަހުމުނާމާ (އެމްއޯޔޫ) އިން ދޭހަކޮށްދެނީ، ހަމައެކަނި އުންމީދުތަކެއްގައި ނުތިބެ އަމަލީ ގޮތުން ނަތީޖާ ނެރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ހަ ދަހަރުގެ ގާތް އެކުވެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމްއާބާދުން އެނބުރި ވަޑައިގަންނަވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ވަރުގަދަ އަދި ދެމެހެއްޓެނިވި ބައިވެރިވުމެއް ގާއިމުކުރެވުނު ކަމުގެ ފުރިހަމަ ޔަގީންކަމާއެކު ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450