Ads by Farudhun

ޚަބަރު

މިދިޔަ މަހު 188 މީހަކަށް ކައުންސިލިން ސެޝަންތައް ދެވިފައިވޭ: އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާ

މިދިޔަ މަހު 188 މީހަކަށް ކައުންސިލިން ސެޝަންތައް ދެވިފައިވޭ: އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާ

ކައުންސިލިން ސެޝަންއެއްގެ ތެރެއިން. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޮކްޓޯބަރު 2026، 10:25

23 އޮކްޓޯބަރު 2026، 10:25

މިދިޔަ ސެޕްޓެމްބަރު މަހު އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަން ބޭނުންވި 188 މީހަކަށް ކައުންސިލިން ސެޝަންތައް ފޯރުކޮށްދީފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ވަނީ 29 ފަރާތަކަށް ޕޭރެންޓިން ސެޝަންތައް ކުރިއަށް ގެންގޮސްދީފައެވެ. މީގެ އިތުރުން ދެ ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ވެސް ފޯރުކޮށްދީފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ވުޒާރާގެ ހެލްޕްލައިންތަކަށް ޖުމްލަ 2,173 ކޯލު ވަނީ ލިބިފައެވެ.

ހެލްޕްލައިންތަކަށް ލިބުނު ކޯލުތަކުގެ ތެރެއިން އެންމެ ގިނަ ކޯލު ރިކޯޑު ކުރެވިފައިވަނީ ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މައްސަލަތައް ރިޕޯޓުކުރާ ޗައިލްޑް ހެލްޕްލައިން 1412 އަށެވެ. އެ ނަންބަރަށް އެކަނިވެސް 1,662 ކޯލު ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ހަމައެއާއެކު، އާންމު އިޖުތިމާއީ އެހީތެރިކަމަށް ޚާއްސަ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް މިދިޔަ މަހު ވަނީ 511 ކޯލު ލިބިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450