Ads by Exprox

ޚަބަރު

ރައީސް މުޢިއްޒުގެ އެންގެވުންތައް ދިވެހި ފުލުހުން ތަންފީޒު ކުރާނެ: ވަޒީރު އިޙްސާން

ރައީސް މުޢިއްޒުގެ އެންގެވުންތައް ދިވެހި ފުލުހުން ތަންފީޒު ކުރާނެ: ވަޒީރު އިޙްސާން

ވަޒީރު އިޙްސާން، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2024، 03:57

07 ސެޕްޓެމްބަރު 2024، 03:57

ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ހުއްޓުވުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ތަންފީޒު ކުރުމަށް އެންގެވި އެންގެވުންތައް ދިވެހި ފުލުހުން ތަންފީޒު ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ވަޒީރު އިޙްސާން މިހެން ވިދާޅުވީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ވަޒީރު އިޙްސާން ވިދާޅުވެފައިވަނީ ރައީސް ޑރ މުޢިއްޒުގެ އެންގެވުންތައް ފުލުުހުން ފުރިހަމަޔަށް ތަންފީޒު ކުރައްވާނެ ކަމަށެވެ. 

https://twitter.com/min_mohst/status/1832120946347671614

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު ނިޔާވުމާއި ގުޅިގެން ރައީސް ވަނީ 8 ކަމެއް ތަންފީޒު ކުރުމަށް އަންގަވައިފައެވެ. އެކަންތައްތަކަކީ:-

1)ބާރުސްޕީޑުގައި ދުއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް  ގާނޫނާއި  ގަވާއިދުތައް އިސްލާހުކުރުން.

2) ރޭސިންގ އަދި ޑްރިފްޓިންގ އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުން ކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީން ދީފައިވާ ހުއްދަ ވަގުތުން ބާތިލް ކުރުން.

3) ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އުޅަނދު ދުއްވާ ފަރާތުގެ ލައިސެންސާއި، އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން

4) ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭގޮތަށް  ގާނޫނާއި  ގަވާއިދުތައް އިސްލާހުކުރުން.

5) އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށްއެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް  ގާނޫނާއި  ގަވާއިދުތައް އިސްލާހުކުރުން.

6) ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ  ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި، ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.

7) ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމެއް ތަޢާރަފްކުރުމާއި ޤަވާއިދާ ޚިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސް އިން ޕޮއިންޓް ކަނޑަން ފެށުން.

8) މަގުމަތީގެ  ގާނޫނުތަކާއި  ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

ރައީސް ވިދާޅުވެފައިވަނީ، މި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ކަމަށާއި، އަދި މި ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރެވޭނެ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco