Ads by Farudhun

ޚަބަރު

ދިޔަވަމުންދިޔަ ލޯންޗަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ދިޔަވަމުންދިޔަ ލޯންޗަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ދިޔަވަމުންދިޔަ ލޯންޗަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދިނުން

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

24 އޮކްޓޯބަރު 2026، 10:56

24 އޮކްޓޯބަރު 2026، 10:56

ހދ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ދިޔަވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
 
ހދ.ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް މި ލޯންޗު،  ދިޔަވާން ފެށިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު 05:35 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ގޮސްފައެވެ. އަދި، ލޯންޗަށް ދިޔަވުން ހުއްޓުވުމަށް ފަޔަރމަނުން ކުރި މަސައްކަތުން، ލޯންޗަށް ދިޔަވުން ކޮންޓްރޯލް ކުރެވިފައިވަނީ 07:50 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.


 
މި ހާދިސާ ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހި ލޯންޗަށް ފެން އެޅި، ލޯންޗުގެ ސައިލެންސަރއަށް ފެން ވަދެގެން ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައިފިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450