Ads by Farudhun

ޚަބަރު

ފުނަދޫ އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ފުނަދޫ އަލިފާނުގެ ހާދިސާ:  11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ފުނަދޫ އަލިފާނުގެ ހާދިސާގައި ލިބުނު ބައެއް ގެއްލުންތައް. ފޮޓޯ: އެންޑީއެމްއޭ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 އޮކްޓޯބަރު 2026، 07:08

26 އޮކްޓޯބަރު 2026، 07:08

ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ. 

އެންޑީއެމްއޭއިން ވިދާޅުވި ގޮތުގައި އެ މީހުންނަށް ވަގުތީ އެހީތެރިކަން ހަމަޖައްސައިދީފައިވަނީ 5 ދުވަހުގެ މުއްދަތަށެވެ.



މި ހާދިސާ ހިނގާފައި ވަނީ ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައެވެ. އެމްއެންޑީއެފަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ އިއްޔެ ހެނދުނު 08:00 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.

މި އަލިފާނުގެ ހާދިސާގައި އެއް ގެ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އަލިފާން ރޯވި ސަރަޙައްދު ކައިރީގައި ހުރި އިތުރު 3 ގެއަކަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި، އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންފައިވެއެވެ. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫޢަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އެ ހުރިހާ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450