ޚަބަރު
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޓީމުން، ސްޓެލްކޯގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޓީމުން، ސްޓެލްކޯގެ އިސްވެރިންނާ ބައްދަލުކުރެއްވުން--
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ތަޢާރަފުކޮށް، އެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން އެ މަޝްރޫޢުގެ ޓީމު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޓީމުން ސްޓެލްކޯގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި، މަޝްރޫޢުގެ މައިގަނޑު މަޤުޞަދުތަކާއި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
އިޙްތިރާމް މަޝްރޫޢު ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ސްޓެލްކޯގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މަޝްރޫޢުގެ ތަފްޞީލް ޙިއްޞާކޮށް، ސްޓެލްކޯއާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފި. @STELCOMALDIVES https://t.co/nDR3cUMyJs
— Ministry of Arts, Culture and Heritage (@MoDLCH) October 25, 2026
މީގެ އިތުރުން، މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙް ކުރުމަށް ބާއްވާ ޚާއްޞަ ހަރަކާތުގައި ސްޓެލްކޯގެ ފަރާތުން ބޭނުންވާނެ އެހީތެރިކަމާ ގުޅޭގޮތުން ވެސް ދެފަރާތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކޮށް، އެއްބައިވަންތަކަން ޤާއިމުކުރުމެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން 5 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ.