ދުނިޔެ

ރިޔާޟްގެ އެއާޕޯޓަށް ހޫޘީން ހަމަލާދީފި

ރިޔާޟްގެ އެއާޕޯޓަށް ހޫޘީން ހަމަލާދީފި

ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ސަރަޙައްދުން ބޯ ކަޅު ދުންތަކެއް އަރަނީ. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 އޮކްޓޯބަރު 2026، 09:22

26 އޮކްޓޯބަރު 2026، 09:22

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ވަރަށް ސީދާ ހަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުނެފިއެވެ.

އެކްސްގައި ޢާންމުކުރި ބަޔާނެއްގައި ޔަޙްޔާ ސަރީޢު ބުނީ، ހޫޘީ ފައުޖުތަކުން އެ އެއާޕޯޓަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށެވެ. މީގެއިތުރުން ސަޢޫދީގެ އިރުމައްޗާއި ހުޅަނގުގައި ހުރި ސާފުނުކުރާ ތެޔޮ ޕަމްޕުކުރާ ސްޓޭޝަންތަކަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހޫޘީން މި ބަޔާން ނެރެފައި ވަނީ ރިޔާޟާ ދިމާލަށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައިގެ ތެރޭގައި ހުއްޓުވައި، ނައްތާލާފައިވާ ކަމަށް ސަޢޫދީ ސިފައިން އިޢުލާނުކުރިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ. މި ހަމަލާއާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން ޔަމަނުގެ ވެރިރަށް ސަންޢާގައި މިސައިލް ފޮނުވާލުމަށް ބޭނުންކުރާ ދެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް ޔަމަނުގައި ހަނގުރާމަކުރަމުންދާ ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ ބުނެފައެވެ.

ހޫޘީން ބުނި ގޮތުގައި އާދީއްތަ ދުވަހު ވެސް ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި، ޚަމީސް މުޝައިތުގައި ހުންނަ ކިންގް ޚާލިދު އެއާބޭސް އަދި ޖާޒާންގައި ހުންނަ ކަނޑުގެ އަސްކަރީ މަރުކަޒަކަށް އެ ޖަމާއަތުން ވަނީ ހަމަލާތައް އަމާޒުކޮށްފައެވެ.

މީގެއިތުރުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނަށް މަދުވެގެން ވައިގެ 56 ހަމަލާ ދީފައިވާ ކަމަށް ހޫޘީން ތުހުމަތުކުރެއެވެ. މި ހަމަލާތައް އަމާޒުވެފައި ވަނީ ޙުދައިދާ، ލަޙިޖު، ޢަމްރާން، ޞަޢްދާ، އަލްޖައުފް، ތަޢިއްޒު އަދި އިއްބު ޕްރޮވިންސަށެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450