Ads by Farudhun

ޚަބަރު

ކައްދޫ އެކްސިޑެންޓް: ދުވަސްވީ އަންހެން މީހާގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ޙުކުމްކޮށްފި

ކައްދޫ އެކްސިޑެންޓް: ދުވަސްވީ އަންހެން މީހާގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ޙުކުމްކޮށްފި

މުހައްމަދު ނައުޝާން - ފޮޓޯ: ސަން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 އޮކްޓޯބަރު 2026، 10:45

26 އޮކްޓޯބަރު 2026، 10:45

ލ. ކައްދޫގައި ލައިސަންސް ނެތި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ގޮސް ކަފިހިހުރަހުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި، އުމުރުން ދުވަސްވީ އަންހެން މީހަކު މަރުވެ، އަނެކަކަށް އަނިޔާވި މައްސަލައިގައި، ޒުވާނެއްގެ މައްޗަށް ދެ ދަޢުވާއަކުން ޖަލު ޙުކުމް ކަނޑައަޅައި، 60 ދުވަހު ރޯދަ ހިފުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޙުކުމް އިއްވާފައި ވަނީ ލ. ފޮނަދޫ/ ހޯރަވިލާ، މުޙައްމަދު ނައުސާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއެވެ. މި ދެ މައްސަލަ ވެސް ބައްލަވައި ވަކިވަކިން ޙުކުމް އިއްވެވީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަލީ ޝަރީފެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭ 19:18 ހާއިރުއެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ނައުސާން އިތުރު މީހަކު ސައިކަލުގެ ފަހަތަށް އަރުވައިގެން ލާމު ލިންކް ރޯޑުން ދެކުނުން އުތުރަށް ބާރު ދުވެލީގައި ދުއްވާފައި ދަނިކޮށް، ކައްދޫ އިސްކަންދަރު އެއާބޭސްގެ ޓާމިނަލް މަގާއި ލިންކް ރޯޑު ގުޅޭ ހަތަރުއަނގޮޅީގެ ކަފިހިހުރަހުން ކައްދޫ ބަނދަރާ ދިމާލަށް ހުރަސްކުރަމުން ދިޔަ ދެ މީހެއްގެ ގައިގައި ސައިކަލުން ވަނީ ޖެހިފައެވެ.

މި އެކްސިޑެންޓުގައި ސައިކަލުން ޖެހުނު ލ. މާވަށް/ އެތުމާ، މަރްޔަމް މޫސާ އަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ރޭ 22:12 ހާއިރު ވަނީ މަރުވެފައެވެ. އަދި މަގު ހުރަސްކުރި އއ. ހިމަންދޫ/ ގަލްފް، ޢަބްދުއްސަލާމް ޙުސައިންގެ ގައިގައި ސައިކަލުން ޖެހި އޭނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

ކޯޓުގެ ޙުކުމްތައް:

ފުރަތަމަ ދަޢުވާ: މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުން
މަރްޔަމް މޫސާ މަރުވި މައްސަލައިގައި ޤާނޫނުލްޢުޤޫބާތުގެ 111 ވަނަ މާއްދާގެ ދަށުން ކުރި ދަޢުވާއަށް ނައުސާން ވަނީ ޝަރީޢަތުގައި އިޢުތިރާފުވެފައެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އޭނާ ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން، ކޯޓުން ވަނީ އޭނާއަށް ތިން އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ނަމަވެސް، ތަޙުޤީޤަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި އެއް އަހަރާއި ދެ މަހާއި 10 ދުވަސް އުނިކުރުމަށްފަހު، މި ދަޢުވާއިން އޭނާ ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.

މީގެ އިތުރުން، މަރުޙޫމާގެ ވާރިޘުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނެފައިވާތީ، މުޚައްފަފު މަރުގެ ދިޔައިގެ ގޮތުގައި 1,000,000 (އެއް މިލިއަން) ދިވެހި ރުފިޔާ، ޙުކުމް ކުރި ދުވަހުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ނައުސާންގެ މައްޗަށް ވަނީ ޙުކުމްކޮށްފައެވެ. އަދި މީހަކު މަރުވުމުގެ ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ދެވަނަ ދަޢުވާ: އަނިޔާއެއް ދިނުން
އެކްސިޑެންޓުގައި ޢަބްދުއްސަލާމް ޙުސައިންގެ ގައިގައި ޖެހި އަނިޔާވި މައްސަލައިގައި، ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އުފުލި އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއަށް ވެސް ނައުސާން ވަނީ އިޢުތިރާފުވެފައެވެ. މި މައްސަލައިގައި ވެސް ދައުލަތާއެކު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމަށް ރިޢާޔަތްކޮށް، ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅައި ޙުކުމްކޮފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450