Ads by Farudhun

ޚަބަރު

ނަރުދޫ ބަނދަރު މަޝްރޫއު: ނެރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ނަރުދޫ ބަނދަރު މަޝްރޫއު: ނެރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ނަރުދޫ ބަނދަރު މަޝްރޫއު. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 އޮކްޓޯބަރު 2026، 10:46

26 އޮކްޓޯބަރު 2026، 10:46

ށ. ނަރުދޫ ބަނދަރު އަލުން ހެދުމުގެ މަޝްރޫޢުގެ ޑިޒައިން އަދި ބިލްޑް މަސައްކަތުގެ ތެރެއިން، ނެރު ފުންކުރުމާއި ހިލަ ޖެހުމަށް ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. 

އެމްޓީސީސީން މިކަން ހާމަކުރެއްވީ، މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި 55,332 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރާއި ފަޅު ފުންކުރުމުގެ އިތުރުން، 399 މީޓަރުގެ ބޭރު ތޮށިލުމާއި، 205 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 210 މީޓަރުގެ އެއްގަމު ތޮށިލުމާއި، 955 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އިސްކަންދެމުން އަންނައިރު، ނަރުދޫ ބަނދަރުގެ މި މަޝްރޫޢު ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450