Ads by Farudhun

ޚަބަރު

ސިއްހީ ދާއިރާގެ ތަޢުލީމީ ފުރުސަތުތަކާ ގުޅޭ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ސިއްހީ ދާއިރާގެ ތަޢުލީމީ ފުރުސަތުތަކާ ގުޅޭ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ސިއްހީ ދާއިރާގެ ތަޢުލީމީ ފުރުސަތުތަކާ ގުޅޭ ބައިނަލްއަޤްވާމީ ކޮންފަރެންސް. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޮކްޓޯބަރު 2026، 02:20

26 އޮކްޓޯބަރު 2026، 02:20

ސިއްހީ ދާއިރާގެ ތަޢުލީމީ ފުރުސަތުތަކާއި ކުރިއެރުންތަކާ ގުޅޭގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް، "އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން" (އައިސީއެމްއީ) ފަށައިފިއެވެ. 2 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސަކީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޕާކިސްތާނުގެ ރިފާ އިންޓަނޭޝަނަލް ޔުނިވަރސިޓީ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުގީއާއި، ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްގެ އިތުރުން ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ފައިސަލް ރަސޫލޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރުގެ ކޮންފަރެންސް ކުރިއަށްގެންދަނީ "ޝޭޕިންގ ދަ ފިއުޗާރ އޮފް ހެލްތް ކެއަރ ޕްރޮފެޝަންސް" މި ޝިޢާރުގެ ދަށުންނެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކުރުމުގައި އަންނަމުންދާ ކުރިއެރުންތަކާއި، މި ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި ބޭނުންކުރެވިދާނެ އީޖާދީ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ތަޖުރިބާއާއި މައުލޫމާތު ބަދަލުކުރުމެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ދެ ޔުނިވަރސިޓީގެ ދެމެދުގައި އޮތް މިފަދަ ގުޅުންތަކުގެ ސަބަބުން ތަޢުލީމީ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށެވެ.

"މިފަދަ ގުޅުންތަކުގެ ޒަރީޢާއިން، އަޅުގަނޑުމެންގެ ތަޢުލީމީ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށާއި، މުވައްޒަފުންނާއި ދަރިވަރުންނަށް އައު ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، އަޅުގަނޑުމެން ޚިދުމަތްދޭ މުޖުތަމަޢަށް މިހާރަށްވުރެ ބޮޑަށް މާނަހުރި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،" ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

މީގެއިތުރުން، ސިއްހީ ދާއިރާގެ ތަޢުލީމަށް ގެނެވޭ އައު އީޖާދުތަކުގެ އަގު ވަޒަންކުރެވޭ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝެހެނާޒް ވިދާޅުވީ، އެފަދަ އީޖާދުތަކުގެ ހަގީގީ އަގު ވަޒަންކުރެވެނީ އޭގެ ސަބަބުން އުނގަންނައިދިނުމުގެ ފެންވަރަށާއި، ބަލިމީހުންނަށް ފަރުވާދިނުމުގައި ނިންމާ ނިންމުންތަކަށާއި، ބަލިމީހުންނަށް ދެވޭ ޚިދުމަތްތަކަށް އަންނަ ކުރިއެރުމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450