Ads by Farudhun

ޚަބަރު

މާވަށު އައުޓްޑޯ ވޮލީ ކޯޓުގެ ޓާފް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް

މާވަށު އައުޓްޑޯ ވޮލީ ކޯޓުގެ ޓާފް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް

މާވަށު އައުޓްޑޯ ވޮލީ ކޯޓުގެ ޓާފް އެޅުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޮކްޓޯބަރު 2026، 07:06

26 އޮކްޓޯބަރު 2026، 07:06

ލ. މާވަށުގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓު އެޅުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިޔަށްދަނީ ކޯޓުގައި ޓާފް އެޅުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

 މި މަޝްރޫޢަކީ ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސްޕޯޓްސް މިނިސްޓްރީން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 20 އޮކްޓޫބަރު 2025 ގައެވެ. މި މަސައްކަތް ފެށުމަށް މާވަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި އެމްޓީސީސީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން، މި އޮކްޓޫބަރު މަހުގެ ކުރީކޮޅު އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި ފަންނީ ޓީމުން ވަނީ މާވަށު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެއަށްފަހު، މިހާރު މަޝްރޫޢު ވަނީ އެންމެ ފަހުގެ މަރުޙަލާއަށް ވާސިލުވެފައެވެ.

ވޮލީ ކޯޓުގެ އިތުރުން، މާވަށުގެ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އެ ރަށުގައި އެއްފަސްކޮށް އަންނަނީ ހިންގަމުންނެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން، މާވަށުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ޒަމާނީ ފެންވަރުގެ ވޮލީ ކޯޓަކާއެކު ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450