Ads by Farudhun

ޚަބަރު

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅުއެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅުއެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޮކްޓޯބަރު 2026، 04:34

26 އޮކްޓޯބަރު 2026، 04:34

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަން މިއަދު ފާސްކޮށްފިއެވެ.

 ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި ފުރަތަމަ ކިޔުން އިއްވި މި ބިލުގެ އިބްތިދާއީ ބަހުސް ވެސް ކުރިއަށް ގެންގޮސްފައިވަނީ މިއަދުގެ ޖަލްސާގައެވެ. ބަހުސަށްފަހު ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މަޖިލީހުގެ މިއަދުގެ އެހެނިހެން ނިންމުންތައް
މިއަދުގެ ޖަލްސާގައި، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫޢާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްޞީލުތައް ހާމަކުރުމަށް ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހެޅުއްވި ޤަރާރު މަޖިލީހުން ބަލައިގެންފައެއް ނުވެއެވެ. އެ ޤަރާރު ބަލައިނުގަތުމަށް 45 މެންބަރުން ވޯޓުދެއްވި އިރު، ބަލައިގަތުމަށް ވޯޓުދެއްވީ 10 މެންބަރުންނެވެ.

މީގެއިތުރުން، 11 ޑިސެންބަރު 2025 ގައި މަސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވަނީ 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ރިޕޯޓު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450