Ads by Farudhun

ޚަބަރު

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާއިދުގެ ދަށުން، މާލެ ސަރަހައްދުން 230 ތަނެއް ބަލައިފާސްކޮށްފި

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާއިދުގެ ދަށުން، މާލެ ސަރަހައްދުން 230 ތަނެއް ބަލައިފާސްކޮށްފި

ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އަންގާ ބޯޑެއް. ފޮޓޯ: ލާމު އެމްވީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 އޮކްޓޯބަރު 2026، 08:50

27 އޮކްޓޯބަރު 2026، 08:50

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގަވާއިދުތަކަށް އަމަލުކުރަމުންދޭތޯ ބެލުމުގެ ގޮތުން ނިމިދިޔަ ސެޕްޓެމްބަރު މަހު މާލެ ސަރަހައްދުން 230 ތަނެއް ބަލައިފާސްކޮށްފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސްފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފިހާރަތަކުގެ އިތުރުން އާންމުންގެ ޝަކުވާތަކާ ގުޅިގެން ބެލި ތަންތަން ހިމެނެއެވެ.

ބަލައިފާސްކުރި ތަންތަނުގެ ތަފާސް ހިސާބު:

  • 130 ރެސްޓޯރަންޓް، ހޮޓާ އަދި ކެފޭ
  • 96 ފިހާރަ
  • އާންމު ސިއްހަތާ ގުޅޭގޮތުން ލިބުނު ޝަކުވާތަކަށް ހުށަހެޅިގެން ބެލި 4 ތަން

މި ތަންތަން ބަލައިފާސްކުރުމަށްފަހު، ގަވާއިދުތަކާއި އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް 53 ރެސްޓޯރަންޓް، ހޮޓާ އަދި ކެފޭއަކަށް ވަނީ ނަސޭހަތްތެރިވެފައެވެ. މީގެއިތުރުން 44 ފިހާރައަކަށް ވެސް ނަސޭހަތްދީފައިވާ ކަމަށް އެޗްޕީއޭގެ ރެކޯޑުތަކުން ދައްކައެވެ.

އެޗްޕީއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، މި މަސައްކަތަކީ ވިޔަފާރިތަކުގެ ލައިސަންސްތައް ބެލެހެއްޓުމާއި، ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމުގެ ގަވާއިދުތަކަށް ތަބާވާ މިންވަރު ކަށަވަރުކުރުމުގެ އިތުރުން ރައްޔިތުންގެ ޝަކުވާތަކަށް އަވަސް ފިޔަވަޅު އެޅުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތެކެވެ.

އެ އެޖެންސީގެ ޓީމުތަކުން މިފަދަ އިންސްޕެކްޝަންތައް ހިންގުމުގެ މައިގަނޑު މަގުސަދަކީ އާންމު ސިއްހަތު ރައްކާތެރިކުރުމާއި، ދުމުގެ އަސަރެއް ނެތް ރައްކާތެރި މާހައުލެއް މުޖުތަމައުގައި ގާއިމުކުރުން ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450