Ads by Exprox

ޚަބަރު

ދިވެހި ފުލުހުން ބޭނުންކުރާ އުޅަނޑުތައް ދައްކާލުމަށް ޚާއްސަ ހަރަކާތެއް ބާއްވައިފި!

ދިވެހި ފުލުހުން ބޭނުންކުރާ އުޅަނޑުތައް ދައްކާލުމަށް ޚާއްސަ ހަރަކާތެއް ބާއްވައިފި!

ފުލުހުންގެ އުޅަނދުތައް ދައްކާލުމަށް ބޭއްވި ހަރަކާތުގެ ތެރެއިން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2024، 04:04

07 ސެޕްޓެމްބަރު 2024، 04:04

ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތަކާއި އާލާތްތައް ދައްކާލުމަށް ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެއްގަމާއި ކަނޑުގައި ފުލުހުން ބޭނުންކުރާ އުޅަނދުތަކާއި، ފުލުހުން ބޭނުންކުރާ ތަފާތު ޔުނީފޯމްތަކާއި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަފާތު އާލާތްތައް ވަނީ އާންމުންނަށް ދައްކާލާފައެވެ.

 ދިވެހި ފުލުހުންގެ ޚިދުމަތުގައި ހިމެނޭ ފްރަންޓްލައިން އޮފިސަރުންނާއި، ސްޕެޝަލް އޮޕަރޭޝަންސް، ކޭނައިން ސްކޮޑް، މެރިން ޕޮލިސް އަދި ސްވަޓް ފުލުހުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

ގިނަ ޢަދަދެއްގެ ކުޑަކުދިން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، އެ ކުދިންނަށް އުޅަނދުތަކުގައި ފޮޓޯ ނެގުމާއި ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ. މި ހަރަކާތް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ. މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ފުރަތަމަ ފިޔަވަހި، މެރީބްރައުން ސަރަހައްދުގައިވެސް މި ހަރަކާތް ކުރިއަށްދާނެއެވެ.

ކުރީގެ އެންއެސްއެސް ގެ ދަށުން ގެންދިޔަ ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި 2024 ސެޕްޓެންބަރު 1 ގައި މަދަނީ  ޚިދުމަތެއްގެ ގޮތުގައި ދޭން ފެށި ޚިދުމަތަށް މިއަހަރު ވަނީ 20 އަހަރު ފުރިފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. 

 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco