Ads by Exprox

ޚަބަރު

ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވަން ރައީސް އަންގަވައިފި!

ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވަން ރައީސް އަންގަވައިފި!

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2024، 07:20

07 ސެޕްޓެމްބަރު 2024، 07:20

ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. 

ރައީސް ޑރ މުޢިއްޒު މިފަދަ އެންގެވުމެއް އަންގަވައިފައިމިވަނީ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާ ގުޅިގެނެވެ. 

ރައީސް ޑރ މުޢިއްޒު ވަނީ ބާރު ސްޕީޑުގައި ދުއްވާ މީހުންގެ ސަބަބުން ހިނގާ އެކްސިޑެންޓް ތައް ހުއްޓުވުމަށް 8 ކަމެއް ކުރުމަށް އަންގަވައިފައެވެ. 

ރައީސް މުއިއްޒު އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި އަށް ކަމެއް ކުރެއްވުމަށް އަންގަވައިފައިވާ އިރު އޭގެ ތެރެއިން ފުރަތަަމަ ކަމަކީ، މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި، ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާޙް ކުރުމެވެ. 

ދެވަނަ ކަމަކަށް ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކިސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަވަގުތުން ބާތިލުކުރުން ހިމެނެއެވެ. 

މީގެ އިތުރުން ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން ވެސް ހިމެނެއެވެ. 

ހަމަމިއާއި އެކު ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ޤާނޫނާއި ގަވާއިދުތައް އިސްލާޙުކުރުމާއި، އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުންވެސް އޭގެތެރޭގައި ހިމެނެއެވެ.

އަދި ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން ހިމެނެއެވެ. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުންވެސް ހިމެނޭކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. 

ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުމާއިއެކު  މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން ރައީސް ވަނީ އެއަށް ކަމުގެ ތެރޭގައި ހިމަނުއްވައިފައެވެ. 

މީގެއިތުރުން ރައީސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ މި ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރެވޭނެކަމަށެވެ.

 


މި ލިޔުން ކިޔާލުމުން

Ads by Stelco