ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރާ މިންވަރު އިތުރުވެއްޖެ ކަމަށް ޓްރަމްޕް ބުނެފި

ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރާ މިންވަރު އިތުރުވެއްޖެ ކަމަށް ޓްރަމްޕް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

31 އޮކްޓޯބަރު 2026، 10:55

31 އޮކްޓޯބަރު 2026، 10:55

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ދިފާޢުކޮށް، މީގެ 7 މަސްދުވަސް ކުރިއަށްވުރެ ގިނައިން މިހާރުވެސް ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ފްލޮރިޑާގެ ޑޭޓޯނާ ބީޗުގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަމުން ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނިންމި ނިންމުން އަނެއްކާވެސް ދިފާޢުކޮށްފައެވެ. އަދި އީރާނުގެ ކަނޑުގެ އަސްކަރިއްޔާއާއި ވައިގެ އަސްކަރިއްޔާ ހަލާކުކޮށްލާފައިވާ ކަމަށް ބުނެ އެ ދަޢުވާ ތަކުރާރުކުރަމުން އޭނާ ބުނީ، އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ހޯދުމުގެ ފުރުޞަތު ދުވަހަކުވެސް ނުދޭނެ ކަމަށެވެ.

މި ހަނގުރާމަ ފެށީ އެމެރިކާއިން ކަމަށް ބުނާ ވާހަކަތައް ދޮގުކުރަމުން ޓްރަމްޕް ބުނީ މިއީ މީގެ އެތައް އަހަރެއް ކުރިން އީރާނުން ފަށާފައިވާ ހަނގުރާމައެއް ކަމަށާއި، 1979 ވަނަ އަހަރުން ފެށިގެން އީރާނުން ދަނީ އެމެރިކާއާ ދެކޮޅަށް ހަނގުރާމަކުރަމުން ކަމަށެވެ.

ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެމުން ޓްރަމްޕް ބުނީ، މީގެ ހަތް މަސްދުވަސް ކުރިއަށްވުރެ އިތުރަށް ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ދަތުރުކުރަމުންދާ ކަމަށެވެ. މީގެއިތުރުން، އޭނާގެ ކުރިން ވެރިކަންކުރި ޑިމޮކްރެޓިކް ސަރުކާރުތަކާ އަޅާބަލާއިރު ޕެޓްރޯލްގެ އަގުތައް ދަނީ ވަރަށް ބޮޑަށް ދަށްވަމުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ހަނގުރާމައަށް ހިނގާ ޚަރަދާ ގުޅޭގޮތުން ފާޑުވިދާޅުވި ޑިމޮކްރެޓިކް ކޮންގްރެސް މެންބަރު ރޯ ކަންނާއަށް ރައްދުދެމުން ޓްރަމްޕް ބުނީ، އީރާނަށް 25 ބިލިއަން ޑޮލަރު ޚަރަދުވެއްޖެ ކަމަށް ބުނެ ކަންނާ ޝަކުވާކުރެއްވި ނަމަވެސް، ވެނެޒުއޭލާއިން އެ އަދަދަށްވުރެ ގާތްގަނޑަކަށް 10 ގުނަ އިތުރަށް އެމެރިކާއަށް ހޯދިފައިވާ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނެގުމަށްފަހު، އެމެރިކާއިން ވަނީ އެ ޤައުމުގެ ތެލުގެ ދާއިރާގެ ކޮންޓްރޯލް ނަގާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450