ދުނިޔެ

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން އިތުރު ދެ މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން އިތުރު ދެ މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ބިނާތައް ސުންނާފަތިވެފައި--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

31 އޮކްޓޯބަރު 2026، 11:50

31 އޮކްޓޯބަރު 2026، 11:50

ޔަހޫދީ ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ދެ މީހަކު ޝަހީދުކޮށްލައިފިއެވެ. 

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދެ މީހުން ޝަހީދުވެފައި ވަނީ ވަކިވަކި ދެ ސަރަޙައްދެއްގައި ހިނގި ހާދިސާތަކެއްގައެވެ. 

އެގޮތުން އެކަކު ޝަހީދުވެފައި ވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރާތަށް ޔަހޫދީން ދިން ބަޑީގެ ހަމަލާތަކެއްގެ ތެރެއިން ކަމަށްވާއިރު އަނެކަކު ޝަހީދުވީ، މީގެ ކުރިން ޣައްޒާ ސިޓީއަށް ޔަހޫދީން ދިން ވައިގެ ހަމަލާއެއްގައި ލިބުނު ބޮޑެތި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މި ދެ މީހުން ޝަހީދުކޮށްލާފައި މިވަނީ، ޔަހޫދީން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ޝަހީދުވި ފަލަސްތީނު މީހުންގެ ޖުމްލަ އަދަދު 74،555 އަށް ވުރެ މައްޗަށް އަރާފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، އެމެރިކާ އިސްވެ އޮވެ އެކުލަވާލި "ހަނގުރާމަ ހުއްޓާލުމުގެ" އެއްބަސްވުމަށް ފާއިތުވި އޮކްޓޫބަރު މަހު އަމަލުކުރަން ފެށި ފަހުން ވެސް، ޔަހޫދީން އެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 1،575 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450