Ads by Farudhun

ޚަބަރު

60،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ހޮސްޕިޓަލްތަކުން ކޯ-ޕޭމަންޓް ނަގަން ފަށަނީ

60،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން  ހޮސްޕިޓަލްތަކުން ކޯ-ޕޭމަންޓް ނަގަން ފަށަނީ

އާސަންދަ އޮފީސް ފޮޓޯ: ފައިނެންޝަލް ރިވިއު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 ނޮވެމްބަރު 2026، 09:04

01 ނޮވެމްބަރު 2026، 09:04

މަހަކު 60,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، އަމިއްލަ ތަންތަނުން ޞިއްޙީ ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނެގުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ކުރެއްވި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައި ވަނީ ސަރުކާރުގެ ފެސިލީޓީތައް ފިޔަވައި، އެހެނިހެން (ޕްރައިވެޓް ސެކްޓަރ) ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ  ތަންތަނުން ޚިދުމަތް ހޯދާ ދިވެހިންގެ ތެރެއިން 60,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. މި އުޞޫލަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ.

އެހެންނަމަވެސް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ޙާލަތްތަކުގައި، މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ވެސް އެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

60,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް، ޤައުމުގެ މުހިންމު ފަންނީ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުން މި އުޞޫލުން އިސްތިސްނާވާނެ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން
  • ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން
  • އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން

މިއީ އާސަންދަ ނިޒާމު ހަރުދަނާކުރުމަށާއި އިސްރާފު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެކެވެ. މި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސަތަށް ގެންނަ މި އިސްލާހީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450