ޚަބަރު
ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ޕްރޮގްރާމުގެ ހަތަރު ވަނަ ބުރު މަނިޔަފުށީގައި ފަށައިފި
މި ޕްރޮގްރާމުގެ ތެރެއިން. ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ
މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ހަތަރު ވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ފަށައިފިއެވެ.
ކ.މަނިޔަފުށި ޓްރެއިނިންގ ސެންޓަރުގައި ޖުމްލަ 12 ބައިވެރިންނާއެކު ކުރިއަށްދާ މި ޕްރޮގްރާމަކީ 2026 ވަނަ އަހަރު މި ސިލްސިލާގެ ދަށުން ހިންގޭ 4 ވަނަ ކޯހެވެ.
މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެކެވެ.
އެގޮތުން، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.
The 4th batch Basic Mariculture course this year, under the Mariculture Skills Development Program officially commenced today at the Maniyafushi Training & Research Facility, with the participation of 12 trainees. The programme is conducted by the Ministry in collaboration with the Maldives Marine Research Institute (MMRI), with financial support from the Transform Project. The training combines theoretical knowledge with practical sessions covering key areas of mariculture, including grouper and seaweed cultivation, alongside other essential techniques. This initiative aims to strengthen technical capacity and equip participants with the knowledge and practical skills required to contribute to the sustainable development and expansion of the Maldives' mariculture sector. @MMRI_Maldives
— Min of Fisheries, Agriculture and Ocean Resources (@MFAORmv) October 31, 2026
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ.
ވަރލްޑް ބޭންކުގެއެހީތެރިކަމާއެކު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން އިންތިޒާމުކުރާ މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ފުޅާކުރުމަށް ބޭނުންވާ ޤާބިލު ދިވެހި ޒުވާނުން ތައްޔާރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއްކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މި ދާއިރާ ތަރައްގީ ކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.