Ads by Farudhun

ޚަބަރު

މާދަމާ މާލޭގެ ބައެއް މަގުތަކާއި ފަޅުގެ ސަރަހައްދު ބަންދުކުރަނީ

މާދަމާ މާލޭގެ ބައެއް މަގުތަކާއި ފަޅުގެ ސަރަހައްދު ބަންދުކުރަނީ

ސިފައިންގެ ޢަސްކަރީ ހަރަކާތްތަކެއް. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ނޮވެމްބަރު 2026، 12:16

02 ނޮވެމްބަރު 2026، 12:16

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެކި ހަރަކާތްތަކާ ގުޅިގެން މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް، ބައެއް މަގުތަކާއި ކަނޑުގެ ސަރަހައްދު ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، މި ހަރަކާތްތަކާ ގުޅިގެން މާދަމާ ޖުމްހޫރީ މައިދާނާއި، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން ފަޅާއި ކަނޑުގެ ސަރަހައްދު އެކި ވަގުތުތަކުގައި ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަގުތަކާއި ފަޅުގެ ސަރަހައްދު ބަންދުކުރާ ވަގުތުތައް
ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދު: ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކުރުން: ފަތިހު 04:00 އިން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ.
މިލިޓަރީ ޑިސްޕްލޭ: މެންދުރުފަހު 13:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން އެ ސަރަހައްދުގެ ފަޅާއި ކަނޑުގެ ސަރަހައްދު ބަންދުވާނެއެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: ހަވީރު 18:30 އިން ފެށިގެން ޖަލްސާ ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަދަލުތަކުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް އެ ޚިދުމަތުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450