Ads by Farudhun

ޚަބަރު

81 ފުލުހުންނާއެކު އިންސްޕެކްޓަރ ކޯހުގެ 7ވަނަ ބުރު ފަށައިފި

81 ފުލުހުންނާއެކު އިންސްޕެކްޓަރ ކޯހުގެ 7ވަނަ ބުރު ފަށައިފި

81 ފުލުހުންނާއެކު އިންސްޕެކްޓަރ ކޯހުގެ 7ވަނަ ބުރު ފަށައިފި. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 ނޮވެމްބަރު 2026، 08:09

02 ނޮވެމްބަރު 2026، 08:09

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ “އިންސްޕެކްޓަރ ކޯހުގެ 7 ވަނަ ބުރު ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ.

81 ކަމިޝަންޑު އޮފިސަރުންނާއެކު މި ކޯސް ކުރިއަށް ގެންދަނީ 1 ނޮވެމްބަރުން ފެށިގެން 9 ހަފުތާގެ މުއްދަތަށެވެ. 

މި ކޯހުގެ ސަބަބުން، އޮފިސަރުންގެ ކިބައިގައި ރަނގަޅު ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، އަހުލާގީ މިންގަނޑުތަކުގެ މައްޗަށް ބިނާވެފައިވާ ލީޑަޝިޕް ސިފަތަކާއި، ޒަމާނީ ފުލުހުންގެ ހިދުމަތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ އައު އުކުޅުތައް ދަސްވެގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ކޯހުގެ މަގުސަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މިޑިލް މެނޭޖްމަންޓް ލެވެލްގައި މަސައްކަތްކުރާ ފުލުހުންނަކީ މަސައްކަތަށް ގާބިލު، ހުނަރާއި ތައުލީމު ލިބިފައިވާ، އެންމެ ރަނގަޅު ނަތީޖާ ނެރޭވޭފަދަ ގާބިލުކަން ލިބިފައިވާ އޮފިސަރުންނަށް ހެދުމާއި މެނޭޖީރިއަލް ލެވެލްގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް މުވައްޒަފުން ތައްޔާރުކޮށްދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450