Ads by Farudhun

ޚަބަރު

މިދިޔަ މަހު މިފްކޯއިން މަސްވެރިންނަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިދިޔަ މަހު މިފްކޯއިން މަސްވެރިންނަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ދިވެހި މަސްދޯންޏެއްގައި މަސްވެރިން މަސްބާނަނީ. ފޮޓޯ: އައްޑޫލައިވް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ނޮވެމްބަރު 2026، 10:05

02 ނޮވެމްބަރު 2026، 10:05

ނިމިދިޔަ އޮކްޓޯބަރު މަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަސް ކިރުވައިގެންނެވެ. އެގޮތުން 462 ދޯންޏަކުން 1,354.77 ޓަނުގެ ކަޅުބިލަމަސް ކިރައިގެން ޖުމްލަ 30,007,339 ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެލީގެ 1.23 ޓަނަށް 30,700 ރުފިޔާ ދޫކޮށްފައިވެއެވެ.

މިދިޔަ މަހު މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ އޭގެ ކުރީ މަސް ކަމަށްވާ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ސެޕްޓެމްބަރު މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ ޖުމްލަ 27 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ އޭޕްރީލް މަހުގައެވެ. އެ މަހު އެކަނި ވެސް 4,414 ޓަނުގެ މަސް ކިރައިގެން 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450