ދުނިޔެ

އެމެރިކާއިން ބޭނުން ކޮންމެ ވަގުތަކު ވެސް އީރާން ހުއްޓުވާލެވިދާނެ: ޓްރަމްޕް

އެމެރިކާއިން ބޭނުން ކޮންމެ ވަގުތަކު ވެސް އީރާން ހުއްޓުވާލެވިދާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 ނޮވެމްބަރު 2026، 10:10

02 ނޮވެމްބަރު 2026، 10:10

ބޭނުން ކޮންމެ ވަގުތަކު ވެސް އީރާން ހުއްޓުވާލުމުގެ ފުރިހަމަ ގާބިލުކަން އެމެރިކާއަށް ލިބިފައިވާ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އޭނާ މިހެން ބުނީ ކެންސަސްގެ ސަލީނާގައި ބޭއްވި މިޑްޓާމް އިންތިޚާބުގެ ކެމްޕޭނުގެ އެންމެ ފަހު ރެލީގައި އާންމުންނާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައެވެ. ރެލީގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އެމެރިކާއިން މިހާރު ވާނީ އީރާނުގެ މައްޗަށް ގަދަވެގަނެ، ބާރު ހޯދާފައި ކަމަށާއި، ބޭނުން ކޮންމެ ވަގުތަކު ވެސް އެ ގައުމުގެ ހަރަކާތްތައް އެމީހުނަށް ހުއްޓުވާލެވިދާނެ ކަމަށެވެ.

މީގެއިތުރުން ޓްރަމްޕް ބުނި ގޮތުގައި، އެމެރިކާއިން އަބަދުވެސް މަސައްކަތްކުރަނީ ކަންކަން މަޑުމައިތިރިކަމާއެކު ހައްލުކުރުމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ޓްރަމްފް މިފަދައިން ބުނެފައިވާއިރު، ފެބުރުވަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން އަސްކަރީ ޙަމަލާތަކާއެކު ފެށުނު، އެމެރިކާ، އިސްރާއީލު އަދި އީރާނުގެ ހަނގުރާމައަށް ވަނީ 8 މަސްދުމަސްވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.

މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ހަކަތައިގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން އުފެދި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ބޮޑުތަނުން އުފުލިފައެވެ.

މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ޓަކައި ޑިޕްލޮމެޓިކް ގޮތުން ވެސް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެހެންނަމަވެސް، ނޮވެމްބަރު 3 ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު، އީރާނަށް އަލުން އަސްކަރީ ޙަމަލާތަކެއް ދީފާނެ ކަމަށްމ ރިޕޯޓްތައް ބުނާތީ، ސަރަޙައްދުގެ މަސްރަޙު އަދިވެސް އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450