Ads by Farudhun

ޚަބަރު

ރަސްމާލެ މަޝްރޫޢުގައި ރައީސް ނަޝީދު އެރުއްވީ ރައްޔިތުންގެ ފަޅިއަށް

ރަސްމާލެ މަޝްރޫޢުގައި ރައީސް ނަޝީދު އެރުއްވީ ރައްޔިތުންގެ ފަޅިއަށް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު. ފޮޓޯ: އެމްޑީޕީ

farudhun logo

ފަރުދުން

02 ނޮވެމްބަރު 2026، 11:02

02 ނޮވެމްބަރު 2026، 11:02

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ތެރެއިން އުފައްދަމުންދާ ކަންބޮޑުވުންތަކަށް ފުރަގަސްދެއްވައި، ގައުމާއި ރައްޔިތުންގެ ކުރިމަގަށް ފައިދާހުރި ތަރައްގީގެ ކަންކަމުގައި އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ރައްޔިތުންގެ ފަޅީގައިކަން ހާމަކުރައްވަމުން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރިހަމައަށް ތާއީދުކުރައްވައިފިއެވެ.

ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް އެމަނިކުފާނު ނެތް ނަމަވެސް، ޕާޓީގެ ބައެއް ބޭފުޅުން އެމަނިކުފާނުގެ ނަން ފާހަގަކުރައްވާތީ ސީދާ ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދެއްވަން ޖެހިވަޑައިގެންނެވީ ކަމަށެވެ. އަދި މިފަދަ ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ސިޔާސީ ސަބަބުތަކަށްޓަކައި ހުރަސްއެޅުމުގެ ބަދަލުގައި، އެމަނިކުފާނު ހުންނެވީ ސީދާ އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ގޮތަށް ކަމަށް ސާފުކޮށް ވިދާޅުވިއެވެ.

މި ބަހުސްގެ ތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 99 އަހަރަށް ބިން ދޭ މައްސަލައާއި، އެތަނުގައި ޒަޔަނިސްޓުން ވަޒަންވެރި ކުރުވަން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ދައްކަވާފައެވެ. ނަމަވެސް، އެފަދަ ދޮގު ވާހަކަތަކުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ދެކޮޅުހައްދަވައި ރައީސް ނަޝީދު ވިދާޅުވީ، އިސްލާމްދީނާއި ޒަޔަނިޒަމާ އެ މަޝްރޫއު ގުޅުވައިގެން ދައްކަނީ އެއްވެސް އަސާސެއް ނެތް ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށެވެ.

"މި ޕްރޮޖެކްޓާ ގުޅިގެން ރާއްޖޭގެ އިސްލާމް ދީން ގުޅިގެން ނުވަތަ ދިވެހިންގެ ދީނީ އަގީދާ އަށް އަންނަންވީ އެއްވެސް ބަދަލެއް ސާބިތު ހިފޭ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭކަށް ނޯންނާނެ،" 

ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ ތެރެއިން މިހާރު ފެންނަނީ ބޭރު މީހުންނާ މެދު ނަފުރަތު އުފައްދާ މަންޒަރު ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވަމުން، ނަޝީދު ފާހަގަކުރެއްވީ ރާއްޖޭގެ ތާރީޚުގައި ވެސް މީހުން ވަޒަންވެރިވެ އުޅެފައިވާ ގޮތަށް ބަލާއިރު މިއަދުގެ ހުރިހާ ރައްޔިތުންނަކީ ވެސް "ފަހުރުވެރި ދިވެހި ދަރިން" ކަމަށެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތަކަށް ބިރުދައްކައި، މުސްތަގުބަލުގައި ވެދާނެ ކަމަށް ބުނެ ސާބިތު ނުހިފޭ ކަންކަމުގެ މައްޗަށް ބިނާކޮށް ގައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ ތަރައްގީއަށް ހުރަސްނޭޅުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450