Ads by Farudhun

ޚަބަރު

ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން އިމްރާން ނާޖާއިޒު ފައިދާ ނެންގެވި: ސައުތު ތައުފީޤު

ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން އިމްރާން ނާޖާއިޒު ފައިދާ ނެންގެވި: ސައުތު ތައުފީޤު

މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ތަޢުފީޤު (ސައުތު ތަޢުފީޤު)--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 ނޮވެމްބަރު 2026، 11:25

02 ނޮވެމްބަރު 2026، 11:25

ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އެ މަޤާމުގައި ހުންނެވި ދުވަސްވަރު މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބޮޑެތި ނާޖާއިޒު ފައިދާތަކެއް ނަންގަވާފައިވާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ތަޢުފީޤު (ސައުތު ތަޢުފީޤު) ވިދާޅުވެއްޖެއެވެ.

ތަޢުފީޤު ވިދާޅުވީ ވޭތުވެދިޔަ އެމްޑީޕީގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގައި ޢިމްރާން ހުންނެވި ދުވަސްވަރު، ފުލުހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތާ ޙަވާލުވެ ހުރި ފަރާތެއްގެ އަތުން ތިން މިލިއަން ރުފިޔާ ހޯއްދަވާފައިވާ ކަމުގެ އަޑުތައް ފެތުރުނު ކަމަށެވެ. އެ މައްސަލައާ ގުޅިގެން ސީދާ ޢިމްރާނާ ބައްދަލުކުރައްވައި ސުވާލުކުރެއްވުމުން، އެއީ ދޮގެއް ކަމަށް ވިދާޅުވި ކަމަށް ތަޢުފީޤު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ، އޭގެ ގާތްގަނޑަކަށް އަށް މަސް ފާއިތުވި ފަހުން، އެހެން ދެ މީހަކު ގޮވައިގެން އިމްރާން ވަނީ މާރުކޭޓް ކެފޭއަށް އައިސް ތައުފީގާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ތައުފީގު ވިދާޅުވީ އޭގެ ދުވަސްކޮޅެއް ފަހުން، އެ ދެ މީހުންގެ ތެރެއިން އެކަކު ވަކިން އައިސް ތައުފީގާ ބައްދަލުކުރި ކަމަށާއި، އެ މީހުން މަސްމާރުކޭޓަށް ދަނީ އިމްރާންގެ ބެލުމުގެ ދަށުގައިވާ މިނިސްޓްރީގެ އިދާރާތަކަށް ވިއްކުމަށްޓަކައި މަސް ގަތުމުގެ ބޭނުމުގައި ކަމަށް އެ މީހާ ހާމަކުރި ކަމަށެވެ.

އަދި މާރުކޭޓުން މަސް ގަންނަނީ 22 ނުވަތަ 23 ރުފިޔާއަށް ކަމަށް ވިޔަސް، އެ އިދާރާތަކަށް މަސް ކިލޯއެއް ފޯރުކޮށްދެނީ 65 ނުވަތަ 70 ރުފިޔާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. މި ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ އިމްރާންގެ ބެއްލެވުމުގެ ދަށުން ކަމަށާއި، މިގޮތަށް ނަހަމަ ގޮތުގައި މަންފާ ހޯދާތީ، އެފަދަ ކަންކަން ހުއްޓާލުމަށް އޭރުވެސް އިމްރާންގެ ކިބައިން އެދުނު ކަމަށެވެ.

ތަޢުފީޤު ވިދާޅުވީ، ޢިމްރާނު ދީނީ ޢިލްމުވެރިއެއްގެ ނަމުގައި އުޅުއްވި ނަމަވެސް، އޭނާގެ ޢަމަލުތައް ހުރީ އެގޮތަށް ނޫން ކަމަށެވެ.

ތަޢުފީޤު ފާހަގަކުރެއްވި ގޮތުގައި، އިމްރާނަކީ އަމިއްލަ މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނަހަމަ ގޮތުގައި އެތައް ކަމެއް ހިންގަވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ސިޔާސީ އެކި ލީޑަރުންގެ އަތުން ފައިސާ ހޯއްދަވައިގެން، ސިޔާސީ ޙަރަކާތްތަކުގެ ނިވަލުގައި ގިނަ ކަންތައްތަކެއް އޭނާ ހިންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން، މައިތިރިވެވަޑައިގެން ހުންނެވުމަށް ތަޢުފީޤު ވަނީ އިމްރާނަށް އިންޒާރު ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450