ޚަބަރު
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އަންހެނަކު ހިމެނޭހެން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން---
ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި އަންހެނަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:
- ޝިވާން އިބްރާހީމް (45އ)، މ. ޕިންކްލައިޓް / މާލެ
- އަޙްމަދު މުޙައްމަދު (38އ)، ޢަލީއާބާދު / ތ. ތިމަރަފުށި
- އަޒުހަދު ޢަލީމަނިކު (41އ)، މާލޭގެއާގެ / ތ. ތިމަރަފުށި
- އާމިނަތު ނިސާ (41އ)، ވިލާ / ތ. ތިމަރަފުށި
މި އޮޕަރޭޝަނުގެ ތެރެއިން މާލޭގެ ތިން ގެއެއް ބަލައިފާސްކޮށްފައިވާއިރު، އެ ތަންތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އެ ހަތަރު މީހުން ވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.