Ads by Farudhun

ޚަބަރު

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އުނގޫފާރުގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އުނގޫފާރުގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އުނގޫފާރުގައި ބޮޑު ހަރަކާތް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ނޮވެމްބަރު 2026، 09:01

03 ނޮވެމްބަރު 2026، 09:01

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢު" ގެ ދަށުން، ރ. އުނގޫފާރުގައި ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް ކާމިޔާބުކަމާއެކު އިއްޔެ ބާއްވައިފިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ޚާއްޞަ ޙަރަކާތަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ރ. ވަންދޫ ޓީމާއި، ރ. އުނގޫފާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އެ ރަށުގެ ޢާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ.

މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމާއި، އުނގޫފާރުގެ ވެށި އިތުރަށް ފެހިކޮށް، މޫސުމީ ބަދަލުތަކުން ރަށް ރައްކާތެރިކުރުމެވެ. މި ހަރަކާތުގެ ދަށުން އުނގޫފާރުގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ގަސް ވަނީ އިންދާފައެވެ.

މި ޙަރަކާތުގައި އުނގޫފާރުގެ ކައުންސިލާއި، ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނާއި، ސްކޫލް ދަރިވަރުން އަދި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަރަށް ފޯރިއާއެކު ބައިވެރިވެ، އެއްބައިވަންތަކަން ދައްކުވައިދީފައިވެއެވެ. 

މިއީ ތިމާވެށީގެ ދުޅަހެޔޮކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ޤައުމީ ފެންވަރުގައި ކުރިއަށްދާ މި މުހިންމު މަޝްރޫޢުގައި ރައްޔިތުންގެ ޙިއްޞާ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450