Ads by Farudhun

ޚަބަރު

އެލްޖީއޭ ބޯޑުގެ އިންތިޚާބު: ދާއިމީ ނަތީޖާއިން ދެ ގޮނޑި ޕީއެންސީއަށް

އެލްޖީއޭ ބޯޑުގެ އިންތިޚާބު: ދާއިމީ ނަތީޖާއިން ދެ ގޮނޑި ޕީއެންސީއަށް

އެލްޖީއޭ ބޯޑަށް އިންތިހާބުވި ޕީއެންސީގެ މެންބަރުން---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ނޮވެމްބަރު 2026، 12:26

03 ނޮވެމްބަރު 2026، 12:26

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަންކުރާ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކޮށްފައިވާއިރު، ވޯޓުލުން ކުރިއަށްދިޔަ ދެ މަޤާމުވެސް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. 

އެލްޖީއޭއިން މިއަދު އިޢުލާންކުރި ދާއިމީ ނަތީޖާއިން ދައްކާގޮތުގައި، ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރަން ޖެހެނީ 3 މެންބަރުންނެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އައިޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.

މީގެ ތެރެއިން ސިޓީ ކައުންސިލަރުން ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ.

ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މަޤާމު ޕީއެންސީގެ ކެންޑިޑޭޓް ޢަލީ އަޙްމަދު ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ޒާފިރާ ވާދަކުރައްވައެވެ. މި އިންތިޚާބުގައި ޢަލީ އަޙްމަދަށް 314 ވޯޓު ލިބިވަޑައިގެންނެވި އިރު، ޢަލީ ޒާފިރަށް ލިބިވަޑައިގެންނެވީ 227 ވޯޓެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން އެލްޖީއޭ ބޯޑަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް މަރިޔަމް ޒީނާއެވެ. ޒީނާ މި ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ނީނާއާ ވާދަކުރައްވައި 93 ވޯޓު ހޯއްދަވައިގެންނެވެ. މަރިޔަމް ނީނާއަށް ލިބިވަޑައިގަތީ 67 ވޯޓެވެ. 

އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް ބޭއްވި މި އިންތިޚާބުގައި ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވިއެވެ. އޭގެ ތެރެއިން 706 މީހުން ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ 87.5 އިންސައްތައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450