Ads by Farudhun

ޚަބަރު

ފަސްޓް ލޭޑީ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ފަސްޓް ލޭޑީ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ނަޞްރުގެ ދުވަސް ފާހަގަކުރުން--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ނޮވެމްބަރު 2026، 01:58

03 ނޮވެމްބަރު 2026، 01:58

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

މި މުނާސަބަތާ ގުޅިގެން މީސްމީޑިއާ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ދިވެހި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ ބަޠަލުންނާއި ޝަހީދުންގެ ޒިކުރާ އައުކޮށް، އެ ބޭފުޅުންނަށް ހެޔޮ ދުޢާތައް ތަކުރާރުކުރައްވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު އަރިސްކުރައްވާފައިވެއެވެ.

އޭގެ އިތުރުން، މިނިވަންކަމާއި ބާއްޖަވެރިކަން މަތީ ދިވެހި އުންމަތް އަބަދުމެ ލަހައްޓަވާތޯ ދުޢާ ދަންނަވަމުން ފަސްޓް ލޭޑީ ވަނީ ޕޯސްޓް ނިންމަވާލައްވާފައެވެ.



ނަޞްރުގެ ދުވަހަކީ 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ މަދު ޚާއިނުންތަކަކާ ގުޅިގެން، ސްރީލަންކާގެ ޕްލޮޓް ޖަމާޢަތުގެ ކުލީ ސިފައިން މާލެއަށް އަރައި ދިން ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމު ސަލާމަތްވެ، ލިބުނު ނަޞްރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ މުހިންމު ދުވަހެކެވެ. މި ޢުދުވާނުގައި ދިވެހި ސިފައިންނާއި ޢާންމު ރައްޔިތުން ހިމެނޭހެން 19 ދިވެހިން ޝަހީދުވެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450