Ads by Exprox

ޚަބަރު

އަލިފާނުގެ ހާދިސާއާއި ގުޅިގެން އީޕީއޭގެ ޚިދުމަތްތައް ހުއްޓުމަކަށް އަތުވެެއްޖެ

އަލިފާނުގެ ހާދިސާއާއި ގުޅިގެން އީޕީއޭގެ ޚިދުމަތްތައް ހުއްޓުމަކަށް އަތުވެެއްޖެ

މިއަދުގެ އަލިފާނުގެ ހާދިސާ ހިނގި ވަގުތު. ފޮޓޯ: ފަރުދުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޑިސެމްބަރު 2024، 04:10

12 ޑިސެމްބަރު 2024، 04:10

ހުލާސާ


ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޢިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޚިދުމަތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

އެކްސްގައި އީޕީއޭ އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ހެނދުނު އީޕީއޭގެ އޮފީހާއި ޖެހިގެން ހުރި ޢިމާރާތްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެއިދާރާގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. 

އަދި ޚިދުމަތްތައް އަލުން ފެށުނުހާ އަވަހަކަށް އާންމުންނަށް އެމަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.  

މިއަދު ހެނދުނު ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ ހިންގާ ޢިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެޢިމާރާތުގައި ހިންގާ ޢިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާ އަށާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެވުޒާރާގެ ދަށުން ހިންގަމުންދާ ގެދޮރުވެރިޔާ ސްކީމްގެ މަޢުލޫމާތު ތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އެމަޢުލޫމާތު ތަކަކކީ ޑިޖިޓަލައިޒްކޮށް ރައްކާ ކުރެވިފައިވާ މަޢުލޫމާތު ތަކެއް ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

އެއިމާރާތުގައި ރޯވި އަލިފާން ގަނޑުގެ 90 ޕަސެންޓް ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެޢިމާރާތުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވަނީ މިއަދުގެ ހެނދުނުގެ 6:27 ގައެވެ. 

އެމްއެންޑީއެފުން ބުނެފައިވަނީ، އެ ޢިމާރާތަކީ ސްޓީލް ސްޓްރަކްޗަރއަކަށްވާތީ ޢިމާރާތް ވަރަށް ބަލިކަށިކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އިތުރުން އެމްއޭސީއެލްއާއި އެމްޕީއެލް އަދި އެކިއެކި ވުޒާރާގެ މުވައްޒަފުންނާއި، އެންޑީއެމްއޭ، އަދި ރެޑް ކްރެސެންޓްގެ އެހީތެރިކަން ލިބިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco