Ads by Farudhun

ޚަބަރު

ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކުރަނީ؛ އަގަކަށް ބަދަލެއް ނާދޭ

ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކުރަނީ؛ އަގަކަށް ބަދަލެއް ނާދޭ

މޯލްޑިވްސް ގޭސްގެ ވެހިކަލެއް. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ނޮވެމްބަރު 2026، 04:02

04 ނޮވެމްބަރު 2026، 04:02

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް ގޭހުގެ އަގު ބޮޑުނުކޮށް، ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު މަދުކުރުމަށް މޯލްޑިވްސް ގޭސްއިން ނިންމައިފިއެވެ.

މޯލްޑިވްސް ގޭސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ ނޮވެންބަރު 7، 2026 އިން ފެށިގެންނެވެ.

މި ނިންމުމާއެކު، އާންމުކޮށް ބޭނުންކުރާ 10 ކިލޯގެ ގޭސް ފުޅިއަކަށް ދެން އަޅައިދޭނީ 7 ކިލޯގެ ގޭހެވެ. އަދި 22 ކިލޯގެ ގޭސް ފުޅިއަކަށް 14 ކިލޯ ގޭސް އަޅައިދޭއިރު، 45 ކިލޯގެ ބޮޑެތި ގޭސް ފުޅިތަކަށް އަޅައިދޭނީ 31 ކިލޯގެ ގޭހެވެ.

ގޭސް އަޅައިދޭ މިންވަރު ބަދަލުކުރި ނަމަވެސް ގޭހުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަކަމަށް އެ ކުންފުނިން ބުންޏެވެ. ކަސްޓަމަރުން އަގު ދައްކަންޖެހޭނީ މިހާރުވެސް ގޭސް ކިލޯއަކަށް އެ ކުންފުނިން ކަނޑައަޅާފައިވާ ރޭޓުންނެވެ.

ގޭހުގެ އަގަށް އަންނަ ބަދަލުތަކާއި އެތެރެކުރުމުގައި ކުރިމަތިވާ ހުރަސްތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް މޯލްޑިވްސް ގޭސްއިން ފާހަގަކުރިއެވެ. އެ މަސައްކަތް ނިމުމުން ރާއްޖެއަށް ތިން މަސްދުވަހަށް ބޭނުންވާ ގޭސް އެއްފަހަރާ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

އެ ކުންފުނިން އިތުރަށް ބުނެފައިވަނީ، ގޭސް ރައްކާކުރެވޭ ޖާގަ އިތުރުކުރެވުމުން މިފަދަ ދަތި ހާލަތްތަކުގައި ގޭސް ފުޅިއަށް އަޅައިދޭ މިންވަރު މަދުކުރަންޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450