ޚަބަރު
ފޮނަދޫ އިމަޖެންސީ ސެންޓަރު: ފުރާޅުގެ ސްލެބް ކޮންކްރީޓްކުރުމުގެ މަސައްކަތް ފަށައިފި
ލ. ފޮނަދޫގައި ގާއިމުކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު. ފޮޓޯ: އެމްޓީސީސީ
ލ. ފޮނަދޫގައި ޤާއިމުކުރަމުންދާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރެއިން ފުރާޅުގެ ސްލެބް ކޮންކްރީޓްކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މަޝްރޫއުގެ އަދާހަމަ ހިއްސާކުރައްވަމުން އެކްސްގައި ކުރެއްވި ޕޮސްޓެއްގައި އެމްޓީސީސީން ވިދާޅުވީ، ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ޕްރޮޖެކްޓް ސައިޓުގައި މިހާރު ހަލުވިކަމާއެކު ކުރިއަށްދަނީ އިމާރާތުގެ ފުރާޅުގެ ސްލެބް ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް ކަމަށެވެ.
ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ޒިޔާރާތެއްގެ ތެރެއިންނެވެ.
Project Update: L. Fonadhoo Regional Emergency Operations Centre Roof slab concrete works are currently ongoing at the project site. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/kjIOOKHGM0
— MTCC Plc (@MTCCPlc) November 4, 2026
މި މަޝްރޫޢުގެ ދަށުން 2368 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ކުރާނެއެވެ. މި މަޝްރޫޢަށް 6.50 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ. އަދި މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 300 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.
ފޮނަދޫގައި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކުރެވުމާއެކު، ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު ހައްދުންމަތީ ރައްޔިތުންނާއި ފޮނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.