Ads by Farudhun

ޚަބަރު

މޮންޓްރިއަލް ޕްރޮޓޮކޯލްގެ 38 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

މޮންޓްރިއަލް ޕްރޮޓޮކޯލްގެ 38 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

މި ބްއްދަލުވުމުގެ ތެރެއިން...

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

05 ނޮވެމްބަރު 2026، 12:24

05 ނޮވެމްބަރު 2026، 12:24

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާ ގުޅޭ މޮންޓްރިއަލް ޕްރޮޓޮކޯލްގެ އެއްބަސްވުމުގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުން (އެމް.އޯ.ޕީ 38) ގެ ތައްޔާރީ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިސް ވަފުދަކުން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާޖީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޢިރުޟާ މުޙައްމަދާއި، ޕްރިންސިޕަލް އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ ފާޠިމަތު ޢުސްރާގެ އިތުރުން ސީނިއަރ ކެމިކަލްސް މެނޭޖްމަންޓް އޮފިސަރ ނަފްޙާ ޢައްބާސެވެ.

މިއަހަރުގެ ބައްދަލުވުމަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ހައިޑްރޯފްލޫރޯކާބަންސް (އެޗް.އެފް.ސީ) މަދުކުރުމަށް އެކުލަވާލި ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރާ މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް އަމާޒުކުރެވިފައިވަނީ 2027 އިން 2029 އަށް ބޭނުންވާ ދެމެހެއްޓެނިވި މާލީ އެހީތެރިކަން ކަށަވަރުކުރުމަށާއި، މޮންޓްރިއަލް ޕްރޮޓޮކޯލްގެ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށެވެ. މީގެއިތުރުން، އެއްބަސްވުމުގެ ދަށުން ނިންމާ ނިންމުންތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމާއި، ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް އެހީތެރިވެދިނުމުގެ ގޮތުން ސަރަޙައްދީ ފެންވަރުގައި ޖައްވީ ބަދަލުތައް މޮނިޓަރކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް މި ބައްދަލުވުމުގައި ދަނީ މަޝްވަރާކުރެވެމުންނެވެ.

ދިވެހިރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައްޔާއި، ޚާއްޞަކޮށް އޯޒޯން ފަށަލަ ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ޤައުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450