Ads by Farudhun

ޚަބަރު

ކުވައިތު ފަންޑުން ރާއްޖެއަށްދޭ ލޯނު އެހީގެ މިންވަރު 10 މިލިއަނުން 40 މިލިއަން ޑޮލަރަށް އިތުރުކުރަނީ

ކުވައިތު ފަންޑުން ރާއްޖެއަށްދޭ ލޯނު އެހީގެ މިންވަރު 10 މިލިއަނުން 40 މިލިއަން ޑޮލަރަށް އިތުރުކުރަނީ

ކުވެއިތު ފަންޑުން ރާއްޖެއަށް އަހަރަކު ދޭ ލިމިޓް 10 މިލިއަނުން 40 މިލިއަން ޑޮލަރަށް އިތުރުކުރަން ނިންމުން --

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 ނޮވެމްބަރު 2026، 10:41

05 ނޮވެމްބަރު 2026، 10:41

ކުވައިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އިން ރާއްޖެއަށް އަހަރަކު ދޫކުރާ ލޯނު އެހީގެ ލިމިޓް 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ތ. ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް މަޝްރޫއަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ދިވެހި ސަރުކާރާއި ކުވައިތު ފަންޑާ ދެމެދު ބޭއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ. 

މި ބައްދަލުވުމުގައި ކޭއެފްއޭއީޑީ އިން ވަނީ 2027 ވަނަ އަހަރުން ފެށިގެން މި ބަދަލު ގެނައުމަށް ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ.



މި ނިންމުމަކީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ދެކެވުނު ވާހަކަތަކާ ގުޅިގެން ނިންމި ނިންމުމެކެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ވެސް އެ ފަންޑުން ވަނީ ފާޅުކޮށްފައެވެ.

މި ބަދަލާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތަރައްގީގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450