Ads by Farudhun

ޚަބަރު

ވަޒީރު ހީނާ ވަލީދާއި ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައިފި

ވަޒީރު ހީނާ ވަލީދާއި ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައިފި

މި ބައްދަލުކުރެއްވުމުގެ ތެރެއިން... ފޮޓޯ: ފުލުހުން

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

05 ނޮވެމްބަރު 2026، 12:26

05 ނޮވެމްބަރު 2026، 12:26

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާ ބައްދަލުކުރައްވައިފިއެވެ.

ފުލުހުންގެ މައި އިދާރާ، ޝާހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ހީނާ ވަލީދުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ވަފުދުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި، ޕާމަނަންޓް ސެކްރެޓަރީ ޔާނިއު ހާޝިމާއި، އިވެންޓްސް ޑިރެކްޓަރ ޢާއިޝަތު ޙަމްލާއާއި، ސީނިއަރ އިވެންޓް ޕްލޭނަރ ޢައްބާސް މުޙައްމަދު އަދި ސީނިއަރ ޕީއާރް އޮފިސަރ މުޙައްމަދު ނަވީ ހިމެނިވަޑައިގަންނަވައެވެ.



މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އަދި ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން ހަރަކާތްތައް ހިންގުމަށާއި، ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450