ޚަބަރު
އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ބީއެމްއެލް.. ފޮޓޯ: ކޮރަލިކަލެކްޝަން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެެލް) އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފެށި މި ޕްރޮމޯޝަނަކީ، ކޮންމެ ދުވަހަކު ކުރާ ވިޔަފާރިތަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
އެގޮތުން، 5 ނޮވެމްބަރުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ. ބީއެމްއެލް އިން ވިދާޅުވީ، އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން ހަފުތާއަކު މަދުވެގެން 1,000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުން ގުރުއަތުގައި ބައިވެރިކުރާނެ ކަމަށެވެ. މީގެ ތެރޭގައި ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކާއި، ޕޭމަންޓް ގޭޓްވޭ އަދި ކިއުއާރު މެދުވެރިކޮށް ކުރާ މުއާމަލާތްތައްވެސް ހިމެނޭކަމަށް މައުލޫމާތު ދެއްވައެވެ.
An exceptional experience with American Express! ✨Spend MVR 1,000 or more for your chance to win View more: https://t.co/HkQjjH7O79 https://t.co/diJ3TpvKFb
— Bank of Maldives (@bankofmaldives) November 5, 2026
ޕްރޮމޯޝަން ނިމުމުގައި ގުރުއަތުން ހޮވޭ 4 ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެެއް ލިބިގެންދާނެއެވެ. އެގޮތުން، ހާޑް ރޮކް ކެފޭ މޯލްޑިވްސްގައި ދެ މީހަކަށް ރޭގަނޑުގެ ކެއުމަކާއި، މެކްބުކް ނިއޯ، އެޕަލް ވޮޗް އަދި އެއަރޕޮޑްސް ހިމެނޭ އެޕަލް ބަންޑަލްއަކާއި، ބ.ފުޅަދޫގައި ހުންނަ ވިލާ މިއާގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި، އިތުރު ހަތަރު މީހުންނާއެކު އެކްސްކާޝަން ދަތުރެއްގެ އިތުރުން ރިސޯޓެއްގައި ދެ މީހަކަށް ދެ ރޭ ޗުއްޓީއަކާއެކު މަންތާ ރޭ ބަލަން ދިއުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
ބީއެމްއެލްއިން އަބަދުވެސް އަންނަނީ މިފަދަ ތަފާތު ޕްރޮމޯޝަންތައް މެދުވެރިކޮށް، އެ ކުންފުނީގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައް ދެމުންނެވެ.